ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)Q2-HC-ASS/Q2-HC/2026/5
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 10:25
ސުންގަޑި: 02 މާރިޗު 2026 13:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެސިސްޓަންޓް ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ (ދާއިމީ)

މަޤާމު:

އެސިސްޓަންޓް ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު:

J-443090، J-443091

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް4  ( ސްޓެޕް 1)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ގދ. ހޯނޑެއްދޫ ޞިއްޙީ މަރުކަޒު

މުސާރަ:

8,505.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

2,555.00 ރުފިޔާ

ޙާޟިރީ އެލަވަންސް (ދުވާލަކަށް)

މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/70 ރުފިޔާ

އެހެނިހެން އެލަވަންސް:

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 ނޮވެންބަރު 2025 އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޑޮކްޓަރާއި ބަލިމީހާއާ ދެމެދު ކުރެވޭ މުޢާމަލާތް ފުރިހަމައަށް ތަރުޖަމާކޮށްދިނުމާއި ބަލިމީހުން ބެލުމުގައި ޑޮކްޓަރުންނަށް އެހީތެރިވެދިނުމާއި، ބަލިމީހާގެ ފުރިހަމަ މައުލޫމާތާއެކު ދުވަހުން ދުވަހަށް ކޭސް އެންޓްރީކޮށް، އައި ސީ ޑީ ކޯޑް ޖެހުން. އަދި ރެކޯޑް ބެލެހެއްޓުން.
  2. ބަލިމީހުން ބަލަން ފެށުމުގެ ކުރިން ކޮންސަލްޓޭޝަން ރޫމަށް ބޭނުންވާ ތަކެތި ހަމަކޮށް ބެލެހެއްޓުމާއި ރޫމްގެ ސާފުތާހިރުކަން ހުރިނެތްގޮތް ބަލައި ޗެކްކުރުމަށްފަހު ފުރިހަމަނުވާ ކަމެއްވާނަމަ ފުރިހަމަ ކުރުން.
  3. ޞިއްޙީމަރުކަޒަށް ލިބޭ ފައިސާ ބަލައިގަނެ އެކަމާބެހޭ ލިޔުން ދޫކުރުން.
  4. އާމްދަނީ ގޮތުގައި ލިބެންޖެހޭފައިސާއެއް ނުލިބޭގޮތް މެދުވެރިވެއްޖެ ނަމަ އެކަން ލަސްނުކޮށް ސުޕަރވައިޒަރަށް ރިޕޯރޓްކުރުން.
  5. އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ ހިސާބުތައް ޤަވާޢިދުން ރިކޯރޑްކޮށް ކަމާބެހޭ ރިޕޯރޓްތައް ހަދަންޖެހޭ މުއްދަތުގައި ހަދައި ބަޖެޓް ސެކްޝަނަށް ފޮނުވުން.
  6. ފައިސާ ބަލައިގަންނަ ސިސްޓަމަށް އެންޓަރކުރަންޖެހޭ ލިޔުންތައް އެންޓަރކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  7. ހެލްތް އިންޝުއަރެންސް ސްކީމްގެ ފައިސާގެ ބިލްތައް ހަދައި، ސްކީމްއިން އެފައިސާ ކެނޑުމާއި ރެކޯރޑް ބެލެހެއްޓުން.
  8. ހެލްތް އިންޝުއަރެންސް ސްކީމް ފައިސާގެ ބިލްތައް ކޮންމެ ދުވަހަކު އޮފީހަށް ފޮނުވުން.
  9. ބަލިމީހުންނާއި އަދި އެކި ބޭނުންތަކުގައި ޞިއްޙީމަރުކަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރަނގަޅުގޮތުގައި މުޢާމަލާތުކޮށް، ފުރިހަމަ މަޢުލޫމާތުދީ އެހީތެރިކަން ދިނުން.
  10. ޑިއުޓީ ފެށުމުގެ ކުރިން މަސައްކަތަށް ބޭނުންވާ ތަކެތި ހަމަޔަށް ހުރިތޯ ބަލައި ޗެކްކޮށް ތަކެތި ހަމަކުރުން.
  11. އެއްޑިއުޓީއިން އަނެއްޑިއުޓީއަށް ބަދަލުވާ އިރު ދިމާވެފައިވާ މައްސަލަތައް ކިޔައިދީ، ލިބިފައިހުރި ފައިސާ ޤަވާޢިދުން ފޮތުގައި ލިޔެ ޙަވާލުކުރުން.
  12. އޯ.ޕީ.ޑީ ސަރަހައްދުގައި ކުރާ މަސައްކަތާ ގުޅިގެން ދިމާވާ ތަފާތު މައްސަލަތައް ސުޕަވައިޒަރަށް ރިޕޯރޓް ކުރުން.
  13. ކޯލްޑިއުޓީއަކަށް އަންނަން ޖެހޭ ޙާލަތްތަކުގައި ޑިއުޑީއަށް އައުމާއި އިމަރޖެންސީ ޙާލަތްތަކުގައި ހޮސްޕިޓަލުން ގުޅުމުން ވީހާވެސް އަވަހަށް މަރުކަޒަށް އައުން.
  14. ސިއްޙީމަރުކަޒުން ހިންގާ ހެލްތު ޕްރޮމޯޝަނަލް އެކްޓިވިޓީ ތަކުގައި އަމަލީގޮތުން ބައިވެރިވުމާއި މުވައްޒިފުންގެ މެދުގައި ހިންގޭ އެކިއެކި ޙަރަކާތްތަކަށް އިސްނެގުމާއި ބައިވެރިވެދިނުމާއި އެހީތެރިވެދިނުން. މީގެ އިތުރުން ސިއްޚީމަރުކަޒުގެ އެހެނިހެން މުވައްޒިފުންނަށް އެހީތެރިވެ ދިނުމާއި ޢާއްމުކޮށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ދާއިރާ ފިޔަވައި އެހެން ދާއިރާތަކުގެ މުވައްޒިފުންނަށް އެހީތެރިކަމާއި، އެއްބާރުލުން ދިނުން.
  15. ޞިއްޙީ ކާރިސާތަކުގައާއި ޕެންޑެމިކްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުން.
  16. އެކްޝަން ޕްލޭނުގައި ފާހަގަ ކުރުމަށް ކަނޑައަޅާފައިވާ ޕްރޮގްރާމްތަކާއި އެހެނިހެން އިދާރާތަކާ ގުޅިގެން ހިންގޭ ޕްރޮގްރާމްތަކުގައި ފުރިހަމައަށް އެއްބާރުލުންދީ، ބައިވެރިވެ ޢަމަލީގޮތުން މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން

   މަޤާމުގެ ތަޢުލީމީ ރޮނގުތައް

  • އެޑްމިނިސްޓްރޭޝަން
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް
  • ޕަބްލިކް މެނޭޖްމަންޓް
  • މެނޭޖްމަންޓް
  • ބިޒްނަސް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ހިއުމަން ރިސޯސް މެނޭޖްމަންޓް
  • އެކައުންޓިންގ
  • ބިޒްނަސް އެކައުންޓިންގ
  • ޕަބްލިކް އެކައުންޓިންގ
  • އެކައުންޓިންގ ޓެކްނީޝަން
  • ފައިނޭންސް
  • ނަރސިންގ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  • ޞިއްޙީ ޚިދުމަތްދޭ އިދާރާއެއްގެ އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

  1. (ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 ގެ ދެވަނަ އިސްލާހުގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 މާރިޗު 02 ވަނަ ދުވަގެ 13:00 ގެ ކުރިން، ގދ.ހޯނޑެއްދޫ ޞިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އަދި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 05 މާރިޗް 2026  އާއި  15 މާރިޗް 2026   އާ ދެމެދު، ގދ.ހޯނޑެއްދޫ ޞިއްޙީ މަރުކަޒުގައެވެ. އިންޓަވިއު ބާއްވާ ތަން ބަދަލުވާނަމަ އެކަން ކެންޑިޑޭޓުންނަށް އެންގޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި މިމަރުކަޒުގެ ފޭސްބުކް ޕޭޖުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6849082 އަށެވެ. އަދި އީމެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

19 ފެބުރުވަރީ 2026