ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 457-HRS/1/2026/2
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 23:10
ސުންގަޑި: 26 ފެބުރުވަރީ 2026 14:00
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2026 ގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުން

 

އިޢުލާން

ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2026 ގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުން

             މިބިއުރޯގެ ފަރާތުން މާލެއާއި އަތޮޅުތެރޭގައި ކުރިއަށްދާ "ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2026" ގައި މާލޭގައި ހަރަކާތްތެރިވުމަށް 16 އެނިއުމަރޭޓަރުން ހޯދުމަށް ބޭނުންވެއެވެ. މިސަރވޭގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތައުލީމް ހާސިލް ކޮށްފައިވާ، އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި ބޯހިމެނުން ނުވަތަ މިފަދަ ސަރވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށާއި އަތޮޅުތެރެއަށް ގޮސް މަސައްކަތް ކުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ. އަދި އެނިއުމަރޭޓަރުންގެ ގޮތުގައިހޮވޭ މީހުންނަށް 5 ދުވަހުގެ ތަމްރީނެއް ދިނުމަށްވަނީ ހަމަޖެހިފައިއެވެ.

- ތަމްރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/150 ރުފިޔާ (ތަމްރީނު ފުރިހަމަކޮށް ފީލްޑް މަސައްކަތުގައި ބައިވެރިވާ ފަރާތްތަކަށް)

- ފީލްޑް މަސައްކަތުގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް -/500 ރުފިޔާ

- ފުޑް އެލަވަންސް -/300 ރުފިޔާ

- ފޯނު އެލަވަންސް ގެ ގޮތުގައި ދުވާލަކަށް -/30  ރުފިޔާ

               ވީމާ، މިސަރވޭގައި ބައިވެރިވުމަށް އެދޭ ފަރާތްތައް https://forms.gle/NGso3oWiLKfv77mFA އިން އޮންލައިންކޮށް އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް 26 ފެބްރުވަރީ 2026 14:00ގެ ކުރިން ހުށައެޅުއްވުމަށް ދަންނަވަމެވެ. މިސާރވޭއާއިބެހޭ އިތުރު މަޢުލޫމާތު 3008400 ނުވަތަ 3008408 އިން ލިބިވަޑައިގަންނަވާނެއެވެ.

…………………………………………………………………

17 ފެބްރުވަރީ 2026

 

17 ފެބުރުވަރީ 2026