ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) GZS/2015/32
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:29
ސުންގަޑި: 16 ޑިސެންބަރު 2015 14:00
ޣާޒީ ސްކޫލް
ދިވެހިރާއްޖެ
ލައިބްރޭރިއަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ލައިބްރޭރިއަން

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ޣާޒީ ސްކޫލް، ހުޅުމާލެ

މަޤާމުގެ ގިންތި: 

ދާއިމީ 

ސެކްޝަން:

އެކަޑަމިކް ސެކްޝަން

މުސާރަ:

6295.00 ރުފިޔާ

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމް ނަންބަރު:

188-OD/22/2015/145

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  • ހަމަޖެހިފަވާ އުޞޫލުގެމަތިން ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުންނަށް ފޮތްދޫކުރުން.
  • ލައިބްރަރީގައި ފޮތްތައް އަތުރަންޖެހޭގޮތަށް އަތުރައި، ފޮތްތައް ތަރުތީބުކޮށް ބެހެއްޓުން.
  • ހަލާކުވާ ފޮތްތައް ހެދުން.
  • ސްކޫލުގެ ލައިބްރަރީ ފޮތްތަކުގެ އިންވެންޓްރީ ދުވަހުން ދުވަހަށް ބަލަހައްޓަމުން ގެންދިއުމާއެކު، ފޮތްތަކުގައި ނަންބަރުޖަހައި، ސެލޯފޭންލައި، ބެލެހެއްޓުން.
  • ލައިބްރަރީއަށް ހޯދާ ފޮތްތަކާއި ލިބޭފޮތްތައް، ކަމާއިބެހޭ ފަރާތްތަކަށް ފޮނުވައިގެން ފާސްކުރުވުން.
  • އަލަށް ލިބޭ ފޮތްތައް ދަރިވަރުންނަށް ތަޢާރަފްކޮށްދިނުން.
  • ފޮތްކިޔުމަށް ދަރިވަރުން ޝައުޤުވެރިކުރުމަށް މަދުވެގެން ޓާމަކު 1 ޕްރޮގްރާމް ހިންގުން.
  • ސްކޫލުން ހަމަޖައްސާފައިވާ ލައިބްރަރީ ރޫލްސްއަށް ދަރިވަރުން އަހުލުވެރިކުރުމަށްޓަކައި އުޞޫލުތަކުގައި ހިފެހެއްޓުން.
  • ލައިބުރަރީ ކުލާސްތައް ފުރިހަމަކޮށް ގެންދިއުމަށް ލައިބުރަރީ ކުލާސްތަކުގައި ޓީޗަރުންނަށް އެހީތެރިވުން.
  • ލައިބްރަރީ ފޮތް ރިޓާން ނުކުރާ ދަރިވަރުންގެ މަޢުލޫމާތު، ކުލާސް ޓީޗަރުންނަށްދީ، އެ ފޮތެއް ރިޓާންކުރަންޖެހޭ މުއްދަތު ހަމަވާތާ 1 ހަފުތާގެ ތެރޭގައި އެ ފޮތެއް ހޯދުން.
  • ދަރިވަރުން ޝައުޤުވެރިވާފަދަ ތަނެއްގެގޮތުގައި ލައިބްރަރީ ބެހެއްޓުން.
  • ސްކޫލުން ރާވައި ހިންގާ ޕްރަގްރާމްތަކުގައި ސްކޫލުން އަންގާގޮތެއްގެމަތިން ސްކޫލަށް އެހީތެރިވެދިނުން.
  • މަތީގައި  ބަޔާންފައިވާ  ކަންތައްތަކުގެ  އިތުރަށްވެސް،  ކުއްލިއަކަށް  ދިމާވާ  އެކިއެކި  ކަންކަމުގައްޔާއި  އެހީތެރިކަމަށް  ބޭނުންވާ ދަނޑިވަޅުތަކުގައި، އެ ވަގުތުގައި ހަވާލުވެ ހުންނަވާ ވެރިއެއްގެ އިރުޝާދުގެދަށުން، އެއްބާރުލުން ދިނުމަކީ ސަރުކާރުގެ ކޮންމެ މުވައްޒަފެއްގެ ޒިންމާއެކެވެ.
  • ހަމަ އެހެންމެ، ހެދިފައި އޮންނަ ޤާނޫނާއި ޤަވައިދާ އެއްގޮތްވާގޮތުގެމަތިން ޢަމަލުކުރުން.

 

 

 

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް  4  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  ގުޅުންހުރި  ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

ވަޒީފާއަށް ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީން ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

 

 

އިންޓަވިއުކުރުން:

  • މި މަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަވިޔު ކުރުމަށް ފަހުގައެވެ. މި މަޤާމަށް މީހުން ހޮވުމަށް އިންޓަވިޔު އޮންނާނީ،  20 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުއެވެ.
  • މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިޔުކުރެވޭނީ ޝޯޓް ލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.
  • މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

 

 

 

ޝަރުޠު ހަމަވާ ފަރާތަކުން ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމު (ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، 2015 ޑިސެންބަރު 16 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14.00 ގެ ކުރިން، ބަޔާން ކުރެވިފައިވާ ތަކެއްޗާއެކު، ޣާޒީ ސްކޫލުގެ އެޑްމިން އޮފީހަށް ހުށަހެޅުން އެދެމެވެ. 

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުން ފަރާތްތަކުން، ޣާޒީ ސްކޫލުގެ 3350744 ނަންބަރު ފޯނަށް ނުވަތަ 3350743 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

21 ޞަފަރު 1437

03 ޑިސެންބަރު 2015