ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)364-CAS/364/2026/9
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 19:01
ސުންގަޑި: 19 މާރިޗު 2026 18:00
މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހޭ

1447 ވަނަ އަހަރު މުޅި ރާއްޖޭގައި ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، 1447 ރަމަޟާން 01ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅައި ޢާންމުކުރާ އޮންލައިން ޕްލެޓްފޯމްތަކުން ކަމުގައި ދަންނަވަމެވެ. އެހެންކަމުން، 1447ވަނަ އަހަރުގެ ފިޠުރު ޒަކާތުގެ އެއްވެސް ފައިސާއެއް، ނަޤުދު ފައިސާގެ ގޮތުގައި ނުވަތަ ޓްރާންސްފާގެ ގޮތުގައި މި އިދާރާއަށް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ފިޠުރު ޒަކާތް ދެއްކެވުމަށް އެހީތެރިކަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 09:30  -12:30އާއި ދެމެދު ކައުންސިލް އިދާރާއަށް ދުރުވުމުން އެހީތެރިކަން ފޯރުކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ.

ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ އޮންލައިން ޕްލެޓްފޯމްތައް:

#

އިދާރާ / މުއައްސަސާ

ސުންގަޑިތައް

1

ދިވެހިރާއްޖޭގެ ގުޅުން (ދިރާގު)

28 ރަމަޟާން 1447 ގެ ހެނދުނު 06:00

2

އުރީދޫ

28 ރަމަޟާން 1447 ގެ ހެނދުނު 06:00

3

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމް.އައި.ބީ)

28 ރަމަޟާން 1447 ގެ ހެނދުނު 06:00

4

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)

28 ރަމަޟާން 1447 ގެ ހެނދުނު 06:00

5

ފަހިޕޭ

ރަމަޟާންމަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

6

އަވަސް އެޕް

ރަމަޟާންމަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

7

ބަނޑޭރިޕޭ

ރަމަޟާންމަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ފެބުރުވަރީ 2026