ދިވެހިރާއްޖެ
ގދ.ގައްދޫ އިން އެހެނިހެން ވިޔަފާރި ޚިދުމަތްތަކަށް ބިން ކުއްޔަށްދިނުން
ކައުންސިލްގެ 4 ވަނަ ދައުރުގެ 86 ވަނަ ޢާމްމު ބައްދަވުމުން ފާސްކޮށްފައިވާ ބިންތައް ކުއްޔަށް ދިނުމުގެ ތާވަލުގެ ދަށުން ލޮނުކުރިގެ ހުރި ބިމާއި އިންވެގެން ދެކުނަށް އޮތް ހުސްބިމުން 2000 އަކަފޫޓް (ދެހާސް) އަކަފޫޓްގެ ބިން އެހެނިހެން ވިޔަފާރި ޚިދުމަތްތަކަށް 30 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ފުރުސަތު ހުޅުވާލުމަށް ކުރެވޭ އިޢުލާނެކެވެ.
ވީމާ، މިބިމުގައި ކެއުންބިއުމުގެ ވިޔަފާރި ހިންގުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
1 |
އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް |
05 މާރޗް 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ އީމެއިލް އެޑްރެސް: [email protected] މެއިލް މެދުވެރިކޮށް އަގު ހުށައެޅުއްވުން އެދެމެވެ. (ސުން ގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.) |
|
2 |
އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް |
ބީލަން ހުށަހަޅާ ފޯމް، މަޢުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.
|
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.