ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-CAFA/INDIV/2026/1
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 15:29
ސުންގަޑި: 17 މާރިޗު 2026 00:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައި ގަތުމާއި ބެހޭ

ދިވެހިރާއްޖޭގެ "ޒަކާތުގެ ޤާނޫނު ނަންބަރު 2025/27" އަށް 2026 ޖަނަވަރީ 01 ވަނަދުވަހުން ފެށިގެން ޢަމަލު ކުރަން ފެށުމާއި ގުޅިގެން 1447 ވަނައަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅައި ޢާއްމުކުރާ އޮންލައިން ޕްލެޓްފޯމްތަކުން ކަމުގައި ދަންނަވަމެވެ. އެހެންކަމުން މިއަހަރުގެ ފިޠުރު ޒަކާތް މިއިދާރާއިން ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

އޮންލައިންކޮށް ޒަކާތްދެއްކުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އިދާރާގެ ނަންބަރު 6500252 އަށް ގުޅުއްވުމުން، ނުވަތަ ރަސްމީ ދުވަސްތަކުގެ 9:30 އިން 11:30އާއި ދެމެދު ގަޑިތަކުގައި ވަޑައިގަތުމުން އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

އޮންލައިންކޮށް ޒަކާތް ދެއްކޭނެ ޕްލެޓްފޯމަތައް

 #

އިދާރާ / މުއައްސަސާ

ބާވަތް

ސުންގަޑިތައް

1

ދިވެހިރާއްގެ ގުޅުން (ދިރާގު)

ދިރާގް އެޕް / ދިރާގު ޕޭ

28 ރަމަޟާން 1447 ގެ ހެނދުނު 6:00

2

އުރީދޫ

އެމް ފައިސާ އެޕްލިކޭޝަން

28 ރަމަޟާން 1447 ގެ ހެނދުނު 6:00

3

މޯލްޑިވްސް އިސްލާމިކް ބޭންކު

ފައިސާ މޮބައިލް އެކްސް އެޕްލިކޭޝަން

28 ރަމަޟާން 1447 ގެ ހެނދުނު 6:00

4

ބޭންކް އޮފް މޯލްޑިވިސް

ބީއެމްއެލް މޯބައިލް އެޕްލިކޭޝަން

28 ރަމަޟާން 1447 ގެ ހެނދުނު 6:00

5

ފަހިޕޭ

ފަހިޕޭ އެޕްލިކޭޝަން

ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

6

އަވަސް އެޕް

އަވަސް އެޕްލިކޭޝަން

ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

7

މިނިސްޓްރީ އޮފް ފިނޭންސް

ބަނޑޭރިޕޭ

ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

 

1447 ވަނަ އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު

ބާވަތް

ރޭޓް ( މީހަކަށް ދައްކަންޖެހޭވަރު )

އާދައިގެ ހަނޑޫ

12  ( ބާރަ ރުފިޔާ )

ތައިލެންޑް ހުދު ހަނޑޫ

53  ( ފަންސާސް ތިން ރުފިޔާ )

ރަތް ހަނޑޫ

96  ( ނުވަދިހަ ހަ ރުފިޔާ )

ބާސްމަތީ ހަނޑޫ ( އާދައިގެ )

77  ( ހަތްދިހަ ހަތް ރުފިޔާ )

ބާސްމަތީ ހަނޑޫ ( މޮޅު )

109 ( ސަތޭކަ ނުވަ ރުފިޔާ )

ބާސްމަތީ ހަނޑޫ ( އެންމެ މޮޅު )

136 ( ސަތޭކަ ތިރީސް ހަ ރުފިޔާ )

އާދައިގެ ފުއް

10  ( ދިހަ ރުފިޔާ )

އާޓާ ފުއް

75  ( ހަތްދިހަ ފަސްރުފިޔާ )

 

17 ފެބުރުވަރީ 2026