ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)401-C/401/2026/7
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:14
ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމާ ގުޅޭ

އިޢުލާން

ތާރީޚް:

17 ފެބްރުއަރީ 2026

ނަންބަރު:

(IUL)401-C/401/2026/7

29 ޝައުބާން 1447

އިޢުލާންގެ ވަނަ:

 

1447      1447ވަނަ އަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމާ ގުޅޭ

 

 

 

1447             ވަނައަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅައި ޢާންމުކުރާ އޮންލައިން ޕްލެޓްފޯމްތަކުން ކަމުގައި ދަންނަވަމެވެ.  މޯލްޑިވްސް ޒަކާތު ހައުސްއިން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 01 ރަމަޟާން 1447 ދުވަހުން ފެށިގެން 27 ރަމަޟާން 1447 ދުވަހުގެ ހެނދުނު 6:00ގެ ނިޔަލަށް ކަމުގައި ދަންނަވަމެވެ. އެހެން ކަމުން މި އަހަރުގެ ފިޠުރު ޒަކާތު ފައިސާ މި އިދާރާގެ އެއްވެސް އެކައުންޓަކަށް ޓްރާންސްފާރ ނުކުރެއްވުމަށް ދަންނަވަމެވެ.

             އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކާއި ޢުމުރުން ދުވަސްވީ ބޭފުޅުންނަށް 05 ރަމަޟާން 1447 ދުވަހުން ފެށިގެން 19 ރަމަޟާން 1447 ހަމައަށް ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެންދުނު 09:30 އިން 11:00 އަދި 20 ރަމަޟާން 1447 އިން 27 ރަމަޟާން 1447އަށް ހުކުރާއި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 10:00 އިން 12:00 އަށް ނަގުދު ފައިސާއިން ފިޠުރު ޒަކާތް ދެއްކޭނެ އިންތިޒާމް ކައުންސިލް އިދާރާއިން ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

             ނަގުދު ފައިސާއިން ޒަކާތް ދައްކަވަން ވަޑައިގަންނަވާއިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުމަށާއި،އަދި ހަމައަށް ފައިސާ މާރުކުރައްވައިގެން ގެންނެވުމަށް ސަމާލުކަން ދެއްވުން އެދެމެވެ.

 

 

 

 

 

 

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ ޢަދަދު

 

#

ބާވަތް

ފައިސާގެ އަދަދު

1

އާދައިގެ ހަނޑޫ

12.00 ރުފިޔާ

2

ތައިލެންޑް ހުދު ހަނޑޫ

53.00 ރުފިޔާ

3

ރަތް ހަނޑޫ

96.00 ރުފިޔާ

4

ބާސްމަތީ ހަނޑޫ (އާދައިގެ)

77.00 ރުފިޔާ

5

ބާސްމަތީ ހަނޑޫ (މޮޅު)

109.00 ރުފިޔާ

6

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

136.00 ރުފިޔާ

7

އާދައިގެ ފުށް

10.00 ރުފިޔާ

8

އާޓާ ފުށް

75.00 ރުފިޔާ

 

 

 

 

 

 

 

 

އޮންލައިންކޮށް ޒަކާތް ދެއްކޭނެ ޕްލެޓްފޯމަތައް 

 

#

އިދާރާ / މުއަސަސާ

ބާވަތް

1

ދިވެހިރާއްގެ ގުޅުން (ދިރާގު)

ދިރާގް އެޕް / ދިރާގު ޕޭ

2

އުރީދޫ

އެމް ފައިސާ އެޕްލިކޭޝަން

3

މޯލްޑިވްސް އިސްލާމިކް ބޭންކު

ފައިސާ މޮބައިލް އެކްސް އެޕްލިކޭޝަން

4

ބޭންކް އޮފް މޯލްޑިވިސް

ބީއެމްއެލް މޯބައިލް އެޕްލިކޭޝަން

5

ފަހިޕޭ

ފަހިޕޭ އެޕްލިކޭޝަން

6

އަވަސް އެޕް

އަވަސް އެޕްލިކޭޝަން

7

މިނިސްޓްރީ އޮފް ފިނޭންސް

ބަނޑޭރިޕޭ

 

 

 

ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

 

އިތުރު މަޢުލޫމާތު

 

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯނު: 6800082

އީމެއިލް: [email protected]

 

 

 

 

17 ފެބުރުވަރީ 2026