ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)351/351/2026/12
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:10
އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރަމަޟާންމަހު ރައްޔިތުންނަށް ކާށި ވިއްކުމާއިބެހޭ
ރަމަޟާން މަހުގައި ރައްޔިތުންނަށް ކާށި ވިއްކުމަށް ނަންނޯޓު ކުރުން ކުރިއަށްދާނީ ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހުގެ ހެނދުނު 09:00 އިން 09:30 އަށް ކަމުގައި ދަންނަވަމެވެ. މިބަދަލަކީ ހަމައެކަނި ރަމަޟާން މަހަށް ގެނައި ބަދަލެއްކަމުން، ރަމަޟާން މަސް ނިމުމުން ހަމަ ކުރިއެކޭވެސް އެއްގޮތަށް ނަންނޯޓު ކުރުން ކުރިއަށް ދާނީ ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހުގެ ހެނދުނު 08:00 އިން 08:30 އަށްކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން ތިޔަ އެންމެހާ ލޮބުވެރި ރައްޔިތުންނަށް އެންގުމަށްޓަކައި ޢާންމުކޮށް އިޢުލާންކުރަމެވެ.
17 ފެބުރުވަރީ 2026