ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)351/351/2026/11
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:08
އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަމަޟާންމަހު ކުނިކެހުމާއި، ކާށިހޮވުމާއި، ފަންހޮވުމާއިބެހޭ

ރަމަޟާން މަހުގައި ރަށުތެރެ ސާފުކުރުމުގެގޮތުން ކުނިކެހުން ކުރިއަށްދާނީ ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހުގެ ހެނދުނު 06:00 އިން 08:00 އަށް ކަމުގައި ދަންނަވަމެވެ. މިބަދަލަކީ ހަމައެކަނި ރަމަޟާން މަހަށް ގެނައި ބަދަލެއްކަމުން، ރަމަޟާން މަސް ނިމުމުން ހަމަ ކުރިއެކޭވެސް އެއްގޮތަށް ކުނިކެހުން ކުރިއަށް ދާނީ ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހުގެ މެންދުރު 14:00 އިން 17:00 އަށްކަމުގައި ދަންނަވަމެވެ. އަދި ކާށިހޮވުމާއި، ފަންހޮވުން އޮންނާނީ ހަމަ ކުރިއެކޭވެސް އެއްގޮތަށްކަމުގައި ދަންނަވަމެވެ.

      ވީމާ، މިކަން ތިޔަ އެންމެހާ ލޮބުވެރި ރައްޔިތުންނަށް އެންގުމަށްޓަކައި ޢާންމުކޮށް އިޢުލާންކުރަމެވެ.

17 ފެބުރުވަރީ 2026