މަސައްކަތް
ނަންބަރު: (IUL)320-ADHR/320/2015/61
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:32
ސުންގަޑި: 09 ޑިސެންބަރު 2015 11:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭދަފުށީ ގޭގެއިން ނެގޭ ކުނި، ކުނިގޮނޑަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމާބެހޭ

އޭދަފުށީ ގޭގެއިން ކޮންމެދުވަހަކު ކުނިނަގައިގެން ކުނިގޮނޑަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިދަންނަވާ ތާރީޚަށް، މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ދިނުން

ޕްރޮޕޯޒަލް ހުށަހެޅުން

2015 ޑިސެންބަރު 09 (ބުދަ) ދުވަހުގެ 11:00 އަށް.

2015 ޑިސެންބަރު 17 (ބުރާސްފަތި) ދުވަހުގެ 13:00 އަށް.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެއެވެ. އަދި، މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނީ އެމީހަކާބެހޭ ފުރިހަމަ މަޢުލޫމާތު އެނގޭފަދަ ލިޔުމަކާއެކުގައެވެ. ކުންފުންޏަކުންނަމަ، އެމީހަކީ އެކުންފުނީގެ ފަރާތުން ފޮނުވާ މީހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަ ދަންނަވަމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތަކާއި، އީ މެއިލް އަދި ފެކްސްގެ ޒަރީޢާއިން ފޮނުވާ އަންދާސީހިސާބުތައް ބަލައިގަންނަގޮތަށް ހަމަޖެހިފައެއްނުވެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޞަފަރު 1437

01 ޑިސެންބަރު 2015