ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ފިޠުރު ޒަކާތް މުޅި ރާއްޖޭގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅާފައިވާ ތިރީގައިއެވާ އޮންލައިން ޕްލެޓްފޯމްތަކުންނެވެ. އެހެންކަމުން، މިކައުންސިލުން ނަގުދު ފައިސާއިން އަދި ކައުންސިލްގެ އެކައުންޓަށް ފައިސާ ޓްރާންސްފަރކޮށްގެން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިނުވާ ކަމުގައި ދެންނެވީމެވެ. ވުމާއެކު ކައުންސިލްގެ އެއްވެސް އެކައުންޓަކަށް ފިޠުރު ޒަކާތު ފައިސާ ޖަމާނުކުރުމަށް ދަންނަވަމެވެ.
|
# |
އިދާރާ / މުއައްސަސާ |
ސުންގަޑިތައް |
|
1 |
ދިވެހި ރާއްޖޭގެ ގުޅުން (ދިރާގު) |
28 ރަމަޟާން 1447ގެ ހެނދުނު 06:00 |
|
2 |
އުރީދޫ |
28 ރަމަޟާން 1447ގެ ހެނދުނު 06:00 |
|
3 |
މޯލްޑިވްސް އިސްލާމިކް ބޭންކު (އެމް.އައި.ބީ) |
28 ރަމަޟާން 1447ގެ ހެނދުނު 06:00 |
|
4 |
ބޭންކް އޮފް މޯލްޑިވްސް |
28 ރަމަޟާން 1447ގެ ހެނދުނު 06:00 |
|
5 |
ފަހިޕޭ |
ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00 |
|
6 |
އަވަސް އެޕް |
ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00 |
|
7 |
ބަނޑޭރި ޕޭ |
ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00 |
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު
|
# |
ބާވަތް |
ފައިސާގެ ޢަދަދު |
|
1 |
އާދައިގެ ހަނޑޫ |
12 ރުފިޔާ |
|
2 |
ތައިލެންޑް ހުދު ހަނޑޫ |
53 ރުފިޔާ |
|
3 |
ރަތް ހަނޑޫ |
96 ރުފިޔާ |
|
4 |
ބާސްމަތީ ހަނޑޫ (އާދައިގެ) |
77 ރުފިޔާ |
|
5 |
ބާސްމަތީ ހަނޑޫ (މޮޅު) |
109 ރުފިޔާ |
|
6 |
ބާސްމަތީ ހަނޑޫ (އެންމެ މޮޅު) |
136 ރުފިޔާ |
|
7 |
އާދައިގެ ފުށް |
10 ރުފިޔާ |
|
8 |
އާޓާ ފުށް |
75 ރުފިޔާ |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.