ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 371-CAF/371/2026/7
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:38
ސުންގަޑި: 19 މާރިޗު 2026 13:00
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނައަހަރުގެ ފިޠުރު ޒަކާތާއިގުޅޭ

1447ވަނަ އަހަރުގެ ފިޠުރު ޒަކާތާއިގުޅޭ

2026 ޖަނަވަރީ 01ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަންފަށާފައިވާ ޒަކާތުގެ ޤާނޫނު (27/2025)ގެ ދަށުން މޯލްޑިވްސް ޒަކާތު ހައުސް ޤާނޫނީގޮތުން ޤާއިމުވެ، ދިވެހިރާއްޖޭގައި ޒަކާތް ބަލައިގަތުމާއި ބެހުމުގެ އެންމެހާ މަސައްކަތްތައްވަނީ އެ އިދާރާއަށް މަތިކުރުވާފައެވެ. އެހެން ކަމުން 1447ވަނަ އަހަރުގެ ޒަކާތް މިއިދާރާއިން ބަލައި ނުގަންނަވާހަކަ ޢާންމުކޮށް އަންގާ ޢިޢުލާނު ކުރީމެވެ.

1447 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 1447 ރަމަޟާން 01 ވަނަ ދުވަހުން ފެށިގެން ތިރީގައި ބަޔާންކޮށްފައިވާ މުއައްސަސާތައް މެދުވެރިކޮށެވެ. ކައުންސިލުން ނަގުދު ފައިސާއިން އަދި ކައުންސިލްގެ އެކައުންޓަށް ފައިސާ ޓްރާންސްފަރކޮށްގެން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިނުވާ ކަމުގައި ދެންނެވީމެވެ. އެހެންކަމުން ކައުންސިލްގެ އެކައުންޓަށް ޒަކާތު ފައިސާ ޖަމާނުކުރުމަށް ދަންނަވަމެވެ.

#

އިދާރާ / މުއައްސަސާ

ސުންގަޑިތައް

1

ދިވެހި ރާއްޖޭގެ ގުޅުން (ދިރާގު)

28 ރަމަޟާން 1447ގެ ހެނދުނު 06:00

2

އުރީދޫ

28 ރަމަޟާން 1447ގެ ހެނދުނު 06:00

3

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމް.އައި.ބީ)

28 ރަމަޟާން 1447ގެ ހެނދުނު 06:00

4

ބޭންކް އޮފް މޯލްޑިވްސް

28 ރަމަޟާން 1447ގެ ހެނދުނު 06:00

5

ފަހިޕޭ

ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

6

އަވަސް އެޕް

ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

7

ބަނޑޭރި ޕޭ

ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

"ބަނޑޭރި ޕޭ" އާއި "ފަހިޕޭ" މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާއި ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެއެވެ. އަދި މީގެ އިތުރުން އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކުން، ހެނދުނު 09:00 އާއި 13:00 އާއި ދެމެދު 9683137 ނަންބަރަށް ގުޅުއްވައިގެން ޒަކާތް ދެއްކުމުގައި އެހީތެރިކަން ހޯއްދެވުމަށް ދަންނަވަމެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު

#

ބާވަތް

ފައިސާގެ ޢަދަދު

1

އާދައިގެ ހަނޑޫ

12 ރުފިޔާ

2

ތައިލެންޑް ހުދު ހަނޑޫ

53 ރުފިޔާ

3

ރަތް ހަނޑޫ

96 ރުފިޔާ

4

ބާސްމަތީ ހަނޑޫ (އާދައިގެ)

77 ރުފިޔާ

5

ބާސްމަތީ ހަނޑޫ (މޮޅު)

109 ރުފިޔާ

6

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

136 ރުފިޔާ

7

އާދައިގެ ފުށް

10 ރުފިޔާ

8

އާޓާ ފުށް

75 ރުފިޔާ

17 ފެބުރުވަރީ 2026