މަސައްކަތް
ނަންބަރު: (IUL)GS-23/PRIV/2015/17
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:19
ސުންގަޑި: 10 ޑިސެންބަރު 2015 11:00
މ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ޕްރީސްކޫލް ދަރިވަރުންނަށް ޚާއްޞަ ކުޅޭސާމާނު ހޯދުމާއި ކުޅޭބިން ތައްޔާރުކުރުން

މިމަރުކަޒުގެ ޕްރީސްކޫލް ދަރިވަރުންނަށް ޚާއްޞަ ކުޅިވަރު ސާމާނު ހޯދައި މިމަރުކަޒުން ދޭ ނަމޫނާއާ އެއްގޮތަށް" ކުޅޭބިން" ތައްޔާރުކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިމަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ.

01 ޑިސެންބަރު 2015