ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)56-CAS/56/2026/07
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:02
ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކަސްޓަމަރުންގެ ސަމާލުކަމަށް.
1447 ވަނަ އަހަރުގެ ރަމަޟާން މަހު، ޤައުމީ ކުތުބުޚާނާ ހުޅުވިފައި ހުންނާނެ ގަޑިތައް.
1447 ވަނަ އަހަރުގެ ރަމަޟާން މަހާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު، ޤައުމީ ކުތުބުޚާނާ އަދި ޗިލްޑްރަންސް ލައިބްރަރީ އާންމުންނަށް ހުޅުވިފައި ހުންނާނީ ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށެވެ. އަދި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:15 އިން މެންދުރުފަހު 12:45 އަށެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
17 ފެބުރުވަރީ 2026