ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)249-M/249/2026/10
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 21:27
ސުންގަޑި: 12 ފެބުރުވަރީ 2026 12:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ކެލާ ކައުންސިލްގެ ވެބްސައިޓް ޑިޒައިންކޮށް، ޑިވެލޮޕްކޮށް، ހޮސްޓްކޮށް، މެއިންޓެއިން ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

    ހއ.ކެލާ ކައުންސިލްގެ ވެބްސައިޓް ޑިޒައިންކޮށް، ޑިވެލޮޕްކޮށް، ހޮސްޓްކޮށް، މެއިންޓެއިން ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ހއ.ކެލާ ކައުންސިލްގެ ކައުންސިލް ވެބްސައިޓް ޑިޒައިންކޮށް، ޑިވެލޮޕްކޮށް، ހޮސްޓްކޮށް، މެއިންޓެއިން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު  (IUL)249-M/249/2026/5 ނަންބަރު އިއުލާނާއި ގުޅިގެން އެކަށީގެންވާ ވަރަކަށް ބިޑް ހުށައަޅައިފައި ނުވާތީ މި އިއުލާނު ބާތިލްކޮށް އަލުން އިއުލާނު ކުރަމެވެ.

 

ހއ.ކެލާ ކައުންސިލްގެ ކައުންސިލް ވެބްސައިޓް ޑިޒައިންކޮށް، ޑިވެލޮޕްކޮށް، ހޮސްޓްކޮށް، މެއިންޓެއިން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ކެލާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ރަޖިސްޓްރީ ކުރުން

17 ފެބްރުއަރީ 2026  ހެނދުނު 09:00 އިން 26 ފެބްރުއަރީ 2026 12:00 އަށް ރަސްމީ ދުވަސްތަކުގައި ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ މެއިލް [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

26 ފެބްރުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 12:30 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން

5 މާރިޗު 2026 ވާ ހޯމަ ދުވަހުގެ 10:30 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

 

 

1-      މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

2-      އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކުރާ  ފަރާތްތަކަށެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

3-      އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ / މިސްކިތް މަގު، ހއ.ކެލާ ، ދިވެހިރާއްޖެ  އީމެއިލް: [email protected]   

16 ފެބްރުއަރީ 2026

16 ފެބުރުވަރީ 2026