ތަމްރީނު
ނަންބަރު: -
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 17:47
ސުންގަޑި: 31 ޑިސެންބަރު 2015 14:30
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަސްޓަމްސް ބްރޯކާރސް ޓްރެއިނިންގ ކޯސް

ކަސްޓަމްސް ބްރޯކަރުންގެ ގޮތުގައި ތަމްރީނުވުމުގެ ފުރުޞަތު

 

ކަސްޓަމްސް ބްރޯކާރސް ޓްރެއިނިންގ ކޯސް

ލެވެލް: ސެޓުފިކެޓު ލެވެލް 3

ކަސްޓަމްސް ބްރޯކާރސް ޓްރެއިނިންގ ކޯސް

ކޯހުގެ ނަން:

  • ޖީ.ސީ.އީ އޯލެވެލް މަދުވެގެން 3 މާއްދާއިން ފާސްވެފައިވުން؛ ނުވަތަ
  • ޑީ.ޓީ.އައި ސެންޓަރެއްގައި މަދުވެގެން 01 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  • އެކްސްޕޯޓް/އިމްޕޯޓް ވިޔަފާރި ނުވަތަ ކަސްޓަމްސް ކްލިއަރެންސް މަސައްކަތްތަކުގައި މަދުވެގެން 01 އަހަރުދުވަހު ޢަމަލީގޮތުން ހަރާކާތްތެރިވެ ތަޖުރިބާ ލިބިފައިވުން.

ކޯހުގެ ޝަރުޠު:

  • މިކޯހުގެ މަޤްޞަދަކީ މުދާ ކްލިއަރކުރުމުގެ ކަންކަމުގައި މިއޮފީހާއެކު މުޢާމަލާތްކުރާ ފަރާތްތަކަކީ އެކަށައެޅިފައިވާ އުސޫލުތަކުގެ ދަށުން ޚާއްޞަ ތަމްރީނުތަކެއް ލިބިގެން ހަރަކާތްތެރިވާ ޕްރޮފެޝަނަލް ފަރާތްތަކަކަށް ހެދުމެވެ.
  • މިކޯސް އެކުލެވިގެންވަނީ ތިރީގައި ބަޔާންކޮށްފައިވާ 4 މޮޑިއުލްގެ މައްޗަށެވެ.

 Module 1- Brokers Regulation and Customs Procedures

Module 2- Valuation Process

Module 3- Documentation Process

Module 4- Harmonized System

  • މިކޯސް ހިންގުމަށް ރޭވިފައިވަނީ ޖަނަވަރީ 2016 އިން ފެށިގެން 5 މަސްދުވަހުގެ މުއްދަތަށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސެންޓަރ ފޮރ ކަސްޓަމްސް އެންޑް އެކްސައިޒް ސްޓަޑީޒްގައެވެ. ކޯހަށް މީހުން ހޮވުމުގައި ޑީ.ޓީ.އައި ސެންޓަރެއްގައި މަސައްކަތްކުރާ ނުވަތަ އެކްސްޕޯޓް/އިމްޕޯޓް ވިޔަފާރި ނުވަތަ ކަސްޓަމްސް ކްލިއަރެންސް މަސައްކަތްތަކުގައި އަމަލީގޮތުން ހަރާކާތްތެރިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިކޯހަށް ކުރިމަތިލާ ފަރާތްތަކުގެ ކުށުގެ ރިކޯޑަށް ރިޢާޔަތްކޮށް އެފަރާތެއް ކޯހުގައި ބައިވެރިނުކުރުމުގެ އަދި ކޯހުން ވަކިކުރުމުގެ އިޚުތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
  • ކޯހުގެ ފީއަކީ -/2000 ރުފިޔާއެވެ.
  • މިކޯހުގައި ކުރިން ބައިވެރިވެފައިވާ ފަރާތަކުން ފާސްނުވެގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަލުން މިކޯސް ނުވަތަ ކޯހުގެ ބައެއް ފުރިހަމަ ކުރަންބޭނުންވާނަމަ، މިފަދަ ހާލަތްތަކުގައި ކޯހުގައި ބައިވެރިވެވޭނީ "ކަސްޓަމްސް ބްރޯކާރސް ތަމްރީނު ޕްރޮގްރާމްގެ ރީޓެސްޓްގައި ބައިވެރިވުމާއި އަލުން ކޯހުގައި ބައިވެރިވުމުގެ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. މިއުސޫލު ކަސްޓަމްސް ވެބްސައިޓުން ފެންނަން ހުންނާނެއެވެ.
  • އިތުރު މަޢުލޫމާތު www.customs.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު:

  • ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމު
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ކޮޕީ.
  • ޑީ.ޓީ.އައި ސެންޓަރެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާކަމުގެ ލިޔުން ނުވަތަ އެކްސްޕޯޓް/އިމްޕޯޓް ވިޔަފާރި ނުވަތަ ކަސްޓަމްސް ކްލިއަރެންސް މަސައްކަތްތަކުގައި އަމަލީގޮތުން ހަރަކާތްތެރިވާ މީހެއްކަން އަންގައިދޭ ކުންފުނީގެ ލިޔުން.
  • ކޯހަށް އެދޭ ފަރާތުގެ ވަނަވަރު

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 31 ޑިސެންބަރު 2015 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ކުރިން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ފޮނުވުން އެދެމެވެ.

ކޯހަށް އެދޭ ފޯމު ކަސްޓަމްސްގެ ވެބްސައިޓް www.customs.gov.mv އާއި މިއޮފީހުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު: 3334106 އަދި 3334108 އާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

02 ޑިސެންބަރު 2015