ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)GS24/2026/03
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:23
ސުންގަޑި: 21 ފެބުރުވަރީ 2026 00:00
ދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މި މަރުކަޒުކައި ހުރި ބައެއްތަކެތި ނީލަންކިޔުމަށް (2ވަނަ އިޢުލާން)

 


މި މަރުކަޒުކައި ހުރި ބައެއްތަކެތި ނީލަންކިޔުމަށް(2ވަނަ އިޢުލާން)

ނީލަމާއިބެހޭ މަޢުލޫމާތު

މި ސްކޫލުގެ ނަންބަރު (IUL)GS24/2026/02 އިޢުލާނާ ގުޅިގެން ނީލަމުން ނުނަގައި ހުރި  މިދަންނަވާ ބައުތަކެތީގެ ނީލަން ކިޔުން 21 ފެބްރުއަރީ 2026 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި   ދާލު އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތިތެރޭގައި އޮންނާނެކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަންފެށޭ އަގު މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. މި ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

 

ނީލަންކިޔުމުގެ އުސޫލު

  • ނީލަން ކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު އަދި އަގު ފެންނާނެހެން، ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.
  • މި ނީލަމުގައި އެއްވެސް ފަރާތަކުން ބައިވެރިނުވެއްޖެނަމަ  އެމުދާ ނީލަންކިޔުމުގެ އުޞޫލުގެ 09 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ނައްތައިލެވޭނެއެވެ.
  • ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، 22 ފެބްރުވަރީ 2026 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން މި ސްކޫލަށް ދައްކައި ޚަލާޞްކުރަންވާނެއެވެ.

 

                      ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުމަށް، މަތީގައި ދެންނެވިފައިވާ ގަޑިއަށް ވަޑައިގެން ދެއްވުންއެދި ދައުވަތު އަރުވަމެވެ.  ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 24 ގަޑިއިރު ތެރޭގައި ނީލަމުން ނެންގެވި ތަކެތި ނީލަންކިޔާ ސަރަޙައްދުން ގެންދަވަންވާނެއެވެ.

ދ. އަތޮޅު ތަޢުލީމީ މަރުކަޒު

ދ. ކުޑަހުވަދޫ، ދިވެހިރާއްޖެ

ފޯން: 7952914

އީ-މެއިލް: [email protected]

16 ފެބުރުވަރީ 2026