ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305-CB305/305/2026/27
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 12:55
ސުންގަޑި: 17 މާރިޗު 2026 06:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރު ރަމަޟާން މަހު ފިޠުރު ޒަކާތް ނެގުމާއި ގުޅޭ

1447 ވަނައަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅައި ޢާންމުކުރާ އޮންލައިން ޕްލެޓްފޯމްތަކުން ކަމުގައި ދަންނަވަމެވެ.  މޯލްޑިވްސް ޒަކާތު ހައުސްއިން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 01 ރަމަޟާން 1447 ދުވަހުން ފެށިގެން 27 ރަމަޟާން 1447 ދުވަހުގެ ހެނދުނު 6:00ގެ ނިޔަލަށް ކަމުގައި ދަންނަވަމެވެ. މި އަހަރުގެ ފިޠުރު ޒަކާތު ފައިސާ މި އިދާރާގެ އެއްވެސް އެކައުންޓަކަށް ޓްރާންސްފާރ ނުކުރެއްވުމަށް ދަންނަވަމެވެ.

ޒަކާތު ހައުސްއިން ޢާއްމުކުރާ އޮންލައިން ޕޯޓަލްތަށް މެދުވެރިކޮށް ފިޠުރު ޒަކާތު ފައިސާ ދެއްކެވުމަށް ދަތިވާ ފަރާތްތަކަށް ނަޤުދު ފައިސާއިން ފިޠުރު ޒަކާތް ދެއްކެވުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމް މި ކައުންސިލުގައި ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. މިގޮތުން އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކާއި ޢުމުރުން ދުވަސްވީ ބޭފުޅުން ރަސްމީގަޑީގައި ކައުންސިލަށް ދުރުވުމުން މަތީގައި ދެންނެވުނު ޕޯޓަލްތައް މެދުވެރިކޮށް ޒަކާތް ދެއްކުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ.

ފިޠުރު ޒަކާތް ބަލައި ގަތުމަށް ހަމަޖެހިފައިވާ ޕްލެޓް ފޯމް ތަކާއި ބަލައިގަންނަ ސުންގަޑި

#

އިދާރާ/މުއައްސަސާ

ސުންގަޑިތައް

ޒަކާތް ދެއްކޭނެ ގޮތް

1

ދިވެހިރާއްޖޭގެ ގުޅުން (ދިރާގް)

28 ރަމަޟާން 1447ގެ ހެނދުނު 06:00

އެސް.އެމް.އެސް

2

އުރީދޫ

28 ރަމަޟާން 1447ގެ ހެނދުނު 06:00

އެސް.އެމް.އެސް

3

މޯލްޑިވްސް އިސްލާމިކް ބޭންކް

28 ރަމަޟާން 1447ގެ ހެނދުނު 06:00

ފައިސާ ނެޓް

4

ބޭންކް އޮފް މޯލްޑިވްސް

28 ރަމަޟާން 1447ގެ ހެނދުނު 06:00

ވެބްސައިޓް

5

ފަހިޕޭ

ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

ވެބްސައިޓް

6

މިނިސްޓްރީ އޮފް ފިނޭންސް (ބަނޑޭރިޕޭ)

ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

-

7

އަވަސް އެޕް

ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

ވެބްސައިޓް/ ޕޯޓަލް

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު

#

ބާވަތް

ފައިސާގެ ޢަދަދު

1

އާދައިގެ ހަނޑޫ

12.00 ރުފިޔާ

2

ތައިލެންޑް ހުދު ހަނޑޫ

53.00 ރުފިޔާ

3

ރަތް ހަނޑޫ

96.00 ރުފިޔާ

4

ބާސްމަތީ ހަނޑޫ (އާދައިގެ)

77.00 ރުފިޔާ

5

ބާސްމަތީ ހަނޑޫ (މޮޅު)

109.00 ރުފިޔާ

6

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

136.00 ރުފިޔާ

7

އާދައިގެ ފުށް

10.00 ރުފިޔާ

8

އާޓާ ފުށް

75.00 ރުފިޔާ

މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

16 ފެބުރުވަރީ 2026