ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)285-C/2015/58 :
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 16:56
ސުންގަޑި: 15 ޑިސެންބަރު 2015 13:00
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ނަން: މަސައްކަތު

ބޭނުންވާ އަދަދު: 1 (އެކެއް)      

މަޤާމުގެ ރޭންކް: އެސް. އެސް. 1 (ސަޕޯޓް ސަރވިސް 1)

މަޤާމުގެ ކުލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރަ: 3100.00 ރުފިޔާ

ސަރވިސް އެލަވަންސް: 1000.00 ރުފިޔާ

މީގެއިތުރުން،  އިތުރުގަޑީގައިއްޔާއި، ބަންދު ދުވަހުގައި މަސައްކަތް ކޮށްފިނަމަ، ކަނޑައެޅިފައިވާގޮތުގެމަތީން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާއާއި، ސިވިލް ސަރވިސްގެ ޤަވާޢިދުގައިވާގޮތުގެމަތީން އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.

މަޤާމް އޮތް އޮފީސް:ނ. ހެނބަދޫ ކައުންސިލްގެ އިދާރާ، ނ. ހެނބަދޫ މިސްކިތްތައް (އިކޮނޮމިކް، ސޯސަލް އެންޑް މުނިސިޕަލް ސަރވިސް)

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ކައުންސިލް އިދާރާއިން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް ކައުންސިލް އިދާރާއިން ކަނޑައަޅާ މިސްކިތެއްގައި، އިމާމް/ މުދިމް އަންގަވާގޮތެއްގެމަތީން މަސައްކަތްކުރުން.
  2. ރަށުކައުންސިލްގެ އިދާރާއިން އިންތިޒާމްކުރާ ގޮތެއްގެ މަތީން، މިސްކިތް ފޮޅައި ސާފުކުރުމާއި، ފާޚާނާއާއި އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި، އެތަންތަން ދޮވެ ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތާއި މިސްކިތުގެ ގޯތި ތެރެއާއި، މިސްކިތާ އިންވެގެން އޮންނަ މަގުތަކުގެ ވިނަނޮޅައި ސާފުކުރުމާއި، ކުނިއުކައިލުން (މީގެ ތެރޭގައި، މިސްކިތުގެ ގޯތިތެރެއާއި އިންވެގެން އޮންނަ ޤަބްރުސްތާނެއް ނުހިމެނެއެވެ.)
  3. މިސްކިތުގެ ވަޅުދިޔަހިއްކައި ސާފުކުރުން.
  4. އިމާމު/ މުދިމު އަންގާ ގޮތެއްގެ މަތީން، ކޮންމެ ދުވަހަކުވެސް މިސްކިތަށްގޮސް، ބިއްލޫރިލެވިފައި ހުންނަ ތަންތަނާއި، ހޮޅިބުރި، ފަންކާ، ކަބަޑުތައް ފޮޅައި ސާފުކުރުމާއި، ފަންކާ، ހޮޅިބުރި، ކައުންސިލްގެ އިދާރާއިން ހަމަޖައްސަވާ އުސޫލަކުން ދިއްލުމާއި ނިއްވުން.
  5. މިސްކިތަށް ލިބެމުންދާ ގެއްލުންތައް  އިމާމު/ މުދިމުއަށާއި، ކައުންސިލްގެ އިދާރާއަށް ޤަވާޢިދުން އަންގަމުން ގެންދިއުން.
  6. ކައުންސިލްގެ އިދާރާއިން / އިމާމު / މުދިމު އަންގަވާ ގޮތެއްގެ މަތީން، މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދައި، ގަސްކޮށައި، ފެންދީ ބެލެހެއްޓުން.
  7. މީގެ އިތުރުންވެސް، މިސްކިތާ ގުޅިގެން ކައުންސިލްގެ އިދާރާއިން އަންގަވާ ކަންތައްތައް ކުރުން.

މަޤާމުގެ އަސާސީ ސަރުޠު:

ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

(1) ލިބިފައިވާ ތަޢުލީމާއި ތަމްރީނު.

(2) ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

(3) މަސައްކަތުގެ ހުނަރާއި ޤާބިލްކަން.

އިންޓަވިއު ކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިޔު އޮންނާނީ، އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 10 ދުވަހުގެ ތެރޭގައި، ނ. ހެނބަދޫ ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއުއަށް ހާޒިރުވުމަށް 24 ގަޑިއިރުގެ ކުރިން އެންގޭނެއެވެ.

ވަޒީފާއަށް އެދެންވީ ގޮތާއި ސުންގަޑި:

- މި ވަޒީފާއަށް އެދޭ ފަރާތްތަކުން، 2015 ޑިސެންބަރު 15 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ އެކްރެޑިޓްކޮށްފައިވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮފީއަކާއި، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) އާއެކު، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރުމަށްފަހު، ފޯމުގައިވާ ތަކެއްޗާއެކު މި އިދާރާއަށް ހުށަހެޅުން އެދެމެވެ.

- ކޯސް ފުރިހަމަކުރުމަށްފަހު، ކޯހުން ފާސްވެފައިވާކަމުގެ ލިޔުން ލިބިފައިވާ ފަރާތްތަކުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް އެކްރެޑިޓްކުރެވޭނެ ފެންވަރު ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކުރާ ''ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް'' ހުށަހަޅަންވާނެއެވެ.

- ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމު،  މި  އިދާރާއިން  ލިބެން  ހުންނާނެއެވެ.  އަދި  ސިވިލް  ސަރވިސް  ކޮމިޝަނުގެ  ވެބްސައިޓް  www.csc.gov.mv  އިން  މި  ފޯމު  ޑައުންލޯޑް  ވެސް  ކުރެވޭނެއެވެ.

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ، ވަޒީފާއަށް އިޢުލާންކުރި އޮފީހުގެ މުވައްޒަފަކު ވަޒީފާއަށް އެދޭ ފޯމު ހުށަހަޅާއިރު، މި ލިޔުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތައް ޝޯޓްލިސްޓްކުރުން:

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަވާނަމަ، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން އެފަރާތްތައް ޝޯޓް ލިސްޓްކުރުމުގެ އިޚްތިޔާރު، ހިޔުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއަށް ލިބިގެންވެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް މި އިދާރާގެ 6560018 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

19 ޞަފަރު 1437

01 ޑިސެންބަރު 2015