ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)381-A/381/2026/11
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 12:10
ސުންގަޑި: 09 މާރިޗު 2026 12:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައި ގަތުމާއި ބެހޭ

އިޢުލާން

1447 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައި ގަތުމާއި ބެހޭ:

         1447 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2 ރަމަޟާން 1447 (19 ފެބްރުވަރީ 2026) އިން ފެށިގެން 27 ރަމަޟާން 1447 (19 މާރިޗް 2026) ގެ ނިޔަލަށެވެ.

 

           ދިވެހިރާއްޖޭގެ "ޒަކާތުގެ ޤާނޫނު ނަންބަރު 2025/27" އަށް 2026 ޖަނަވަރީ 01 ވަނަދުވަހުން ފެށިގެން ޢަމަލު ކުރަން ފެށުމާއި ގުޅިގެން 1447 ވަނައަހަރުގެ ފިޠުރު ޒަކާތް ބަލައި ގަތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅައި ޢާއްމުކުރާ އޮންލައިން ޕްލެޓްފޯމް ތަކުން ކަމުގައި ދަންނަވަމެވެ. އެހެންނަމަވެސް، އޮންލައިން ވަސީލަތްތައް ބޭނުންކުރަން ދަތިވާ ފަރާތްތަކަށް މި އިދާރާއަށް ހާޒިރުވެ ނަޤުދު ފައިސާއިން ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.ކުޑަހުވަދޫ ކައުންސިލް އިދާރާއިން ނަގުދު ފައިސާ ބަލައިގަންނާނީ 2 ރަމަޟާން 1447 (19 ފެބްރުވަރީ 2026) އިން ފެށިގެން 20 ރަމަޟާން 1447 (09 މާރިޗް 2026) އާ ހަމައަށެވެ. ޒަކާތް ބަލައިގަތުން ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 12:00 އަށް މި އިދާރާގައެވެ.

 

          ނަޤުދު ފައިސާއިން ޒަކާތް ދައްކަވަން ވަޑައިގަންނަވާ ފަރާތްތަކުން ހަމައަށް ފައިސާ މާރުކުރައްވައިގެން ވަޑައިގަތުމަށާއި ފިޠުރު ޒަކާތް ބަލައިގަތުމަށް ކަނޑައެޅިފައިވާ ވަގުތަށް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ. އަދި ފައިސާ ދެއްކުމުގައި ވީހާވެސް ބޮޑަށް އޮންލައިން ވަސީލަތްތަށް  ބޭނުންކުރެއްވުމަށް އިލްތިމާސްކުރަމެވެ. އޮންލައިންކޮށް ޒަކާތް ދެއްކުމަށް ބޭނުންކުރާނެ ކިއު.އާރް ކޯޑްތައް ހިމެނޭ ޕޯސްޓަރުތައް 1 ރަމަޟާން 1447 ވާ ދުވަހު މި ކައުންސިލްގެ ފޭސްބުކް ޕޭޖާއި ވައިބާ ގްރޫޕްގައި ޝާއިޢުކުރެވޭނެއެވެ.

 

1447 ވަނަ އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު

 

ބާވަތް

ރޭޓް ( މީހަކަށް ދައްކަންޖެހޭވަރު )

އާދައިގެ ހަނޑޫ

12  ( ބާރަ ރުފިޔާ )

ތައިލެންޑް ހުދު ހަނޑޫ

53  ( ފަންސާސް ތިން ރުފިޔާ )

ރަތް ހަނޑޫ

96  ( ނުވަދިހަ ހަ ރުފިޔާ )

ބާސްމަތީ ހަނޑޫ ( އާދައިގެ )

77  ( ހަތްދިހަ ހަތް ރުފިޔާ )

ބާސްމަތީ ހަނޑޫ ( މޮޅު )

109 ( ސަތޭކަ ނުވަ ރުފިޔާ )

ބާސްމަތީ ހަނޑޫ ( އެންމެ މޮޅު )

136 ( ސަތޭކަ ތިރީސް ހަ ރުފިޔާ )

އާދައިގެ ފުއް

10  ( ދިހަ ރުފިޔާ )

އާޓާ ފުއް

75  ( ހަތްދިހަ ފަސްރުފިޔާ )

 

އޮންލައިންކޮށް ޒަކާތް ދެއްކޭނެ ޕްލެޓްފޯމަތައް 

 

#

އިދާރާ / މުއަސަސާ

ބާވަތް

1

ދިވެހިރާއްގެ ގުޅުން (ދިރާގު)

ދިރާގް އެޕް / ދިރާގު ޕޭ

2

އުރީދޫ

އެމް ފައިސާ އެޕްލިކޭޝަން

3

މޯލްޑިވްސް އިސްލާމިކް ބޭންކު

ފައިސާ މޮބައިލް އެކްސް އެޕްލިކޭޝަން

4

ބޭންކް އޮފް މޯލްޑިވިސް

ބީއެމްއެލް މޯބައިލް އެޕްލިކޭޝަން

5

ފަހިޕޭ

ފަހިޕޭ އެޕްލިކޭޝަން

6

އަވަސް އެޕް

އަވަސް އެޕްލިކޭޝަން

7

މިނިސްޓްރީ އޮފް ފިނޭންސް

ބަނޑޭރިޕޭ

16 ފެބުރުވަރީ 2026