ދިވެހިރާއްޖެ
ނަންބަރު: (IUL)307/INDIV/2026/8
އިޢުލާން
ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ:
ދިވެހިރާއްޖޭގެ "ޒަކާތުގެ ޤާނޫނު ނަންބަރު 2025/27" އަށް 2026 ޖަނަވަރީ 01 ވަނަދުވަހުން ފެށިގެން ޢަމަލު ކުރަން ފެށުމާއި ގުޅިގެން 1447 ވަނައަހަރުގެ ފިޠުރު ޒަކާތް ބަލައި ގަތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅައި ޢާއްމުކުރާ އޮންލައިން ޕްލެޓްފޯމް ތަކުން ކަމުގައި ދަންނަވަމެވެ.
ވީމާ، މިއަހަރުގެ ފިޠުރު ޒަކާތް މި ކައުންސިލުން ބަލައި ނުގަންނާނެ ވާހަކަ ދެންނެވީމެވެ.
ފިޠުރު ޒަކާތް ބަލައި ގަތުމަށް ހަމަޖެހިފައިވާ ޕްލެޓް ފޯމް ތަކާއި ބަލައިގަންނަ ސުންގަޑި:
|
# |
އިދާރާ / މުއައްސަސާ |
ސުންގަޑިތައް |
|
1 |
ދިވެހި ރާއްޖޭގެ ގުޅުން (ދިރާގު) |
28 ރަމަޟާން 1447ގެ ހެނދުނު 06:00 |
|
2 |
އުރީދޫ |
28 ރަމަޟާން 1447ގެ ހެނދުނު 06:00 |
|
3 |
މޯލްޑިވްސް އިސްލާމިކް ބޭންކު (އެމް.އައި.ބީ) |
28 ރަމަޟާން 1447ގެ ހެނދުނު 06:00 |
|
4 |
ބޭންކް އޮފް މޯލްޑިވްސް |
28 ރަމަޟާން 1447ގެ ހެނދުނު 06:00 |
|
5 |
ފަހިޕޭ |
ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00 |
|
6 |
އަވަސް އެޕް |
ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00 |
|
7 |
ބަނޑޭރި ޕޭ |
ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00 |
"ބަނޑޭރި ޕޭ" އާއި "އަވަސް އެޕް" އަދި "ފަހިޕޭ" މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާއި ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެއެވެ. އަދި މީގެ އިތުރުން އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކުން، ހެނދުނު 09:00 އާއި 13:00 އާއި ދެމެދު 7816195 ނަންބަރަށް ގުޅުއްވައިގެން ޒަކާތް ދެއްކުމުގައި އެހީތެރިކަން ހޯއްދެވުމަށް ދަންނަވަމެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު
|
# |
ބާވަތް |
ފައިސާގެ ޢަދަދު |
|
1 |
އާދައިގެ ހަނޑޫ |
12 ރުފިޔާ |
|
2 |
ތައިލެންޑް ހުދު ހަނޑޫ |
53 ރުފިޔާ |
|
3 |
ރަތް ހަނޑޫ |
96 ރުފިޔާ |
|
4 |
ބާސްމަތީ ހަނޑޫ (އާދައިގެ) |
77 ރުފިޔާ |
|
5 |
ބާސްމަތީ ހަނޑޫ (މޮޅު) |
109 ރުފިޔާ |
|
6 |
ބާސްމަތީ ހަނޑޫ (އެންމެ މޮޅު) |
136 ރުފިޔާ |
|
7 |
އާދައިގެ ފުށް |
10 ރުފިޔާ |
|
8 |
އާޓާ ފުށް |
75 ރުފިޔާ |
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
24 ޝަޢުބާން 1447
16 ފެބުރުއަރީ 2026