ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ "ޒަކާތުގެ ޤާނޫނު ނަންބަރު 2025/27" އަށް 2026 ޖަނަވަރީ 01 ވަނަދުވަހުން ފެށިގެން ޢަމަލު ކުރަން ފެށުމާއި ގުޅިގެން 1447 ވަނައަހަރުގެ ފިޠުރު ޒަކާތް ބަލައި ގަތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 1447 ރަމަޟާންމަހުގެ 01 ވަނަ ދުވަހުން ފެށިގެން 1447 ރަމަޟާންމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 06:00 އާ ހަމައަށް މޯލްޑިވްސް ޒަކާތު ހައުސް އިން ކަނޑައަޅައި ޢާއްމުކުރާ ތިރީގައި ބަޔާންކުރެވިފައިވާ އޮންލައިން ޕްލެޓްފޯމް ތަކުން ކަމުގައި ދަންނަވަމެވެ. ވީމާ، މިއަހަރުގެ ފިޠުރު ޒަކާތް މި ކައުންސިލުން ބަލައި ނުގަންނާނެ ވާހަކަ ދެންނެވީމެވެ.
|
ސުންގަޑިތައް |
ޒަކާތް ދެއްކޭނެ ގޮތް |
އިދާރާ/ މުއައްސަސާ |
# |
|
|
28 ރަމަޟާން 1447 ވަނަ ދުވަހުގެ ހެނދުނު 06:00 |
އެސް.އެމް.އެސް |
ދިރާގު އެޕް / ދިރާގު ޕޭ (ވެބްސައިޓް) |
ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) |
1 |
|
28 ރަމަޟާން 1447 ވަނަ ދުވަހުގެ ހެނދުނު 06:00 |
އެސް.އެމް.އެސް |
އެމް ފައިސާ (އެޕްލިކޭޝަން) |
އުރީދޫ |
2 |
|
28 ރަމަޟާން 1447 ވަނަ ދުވަހުގެ ހެނދުނު 06:00 |
ފައިސާ ނެޓް |
ފައިސާ މޮބައިލް (އެޕްލިކޭޝަން) |
މޯލްޑީވްސް އިސްލާމިކް ބޭންކް |
3 |
|
28 ރަމަޟާން 1447 ވަނަ ދުވަހުގެ ހެނދުނު 06:00 |
ވެބްސައިޓް |
ބީ.އެމް.އެލް. މޮބައިލް (އެޕްލިކޭޝަން) |
ބޭންކް އޮފް މޯލްޑިވްސް |
4 |
|
ރަމަޟާންމަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00 |
ވެބްސައިޓް |
ފަހިޕޭ (އެޕްލިކޭޝަން) |
ފަހިޕޭ |
5 |
|
ރަމަޟާންމަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00 |
ވެބްސައިޓް |
އަވަސްޕޭ (އެޕްލިކޭޝަން) |
އަވަސްޕޭ |
6 |
|
ރަމަޟާންމަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00 |
ވެބްސައިޓް/ ޕޯޓަލް |
ބަނޑޭރިޕޭ |
މިނިސްޓްރީ އޮފް ފިނޭންސް |
7 |
އަދި މީގެ އިތުރުން އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތައް ރަސްމީގަޑީގައި ކައުންސިލަށް ދުރުވުމުން މަތީގައި ދެންނެވުނު ޕޯޓަލްތައް މެދުވެރިކޮށް ޒަކާތް ދެއްކުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމްތައްވަނީ ހަމަޖެހިފައެވެ. އެހެންކަމުން ފާއިތުވި އަހަރެކޭ އެއްފަދައިން ފިޠުރުޒަކާތް ބެހުމުގެ ހުރިހާކަމެއް ހަމަޖެހިފައިވަނީ ޒަކާތު ހައުސް އިން ކަމަށްވުމާއެކު މަތީގައި ދެންނެވިފައިވާ މުޢައްސަސާތައް މެދުވެރިކޮށް ޒަކާތު ފައިސާ ދެއްކުމަށާއި އަދި ކައުންސިލްގެ އެއްވެސް އެކައުންޓަކަށް ޒަކާތު ފައިސާ ޖަމާނުކުރުމަށް ދަންނަވަމެވެ. އަދި ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައިވާތީ ކައުންސިލުން ޒަކާތް ދެއްކުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތުތައް ތިރީގައި އެވަނީއެވެ.
|
ގަޑި |
ދުވަސް |
ތާރީޚް |
## |
|
10:00 ން 12:00 އަށް |
ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު |
22 ފެބުރުވަރީ 2025- 09 މާރިޗް 2026 އަށް |
1 |
|
10:00 ން 12:00 އަށް. |
ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު |
10 މާރިޗް 2026- 19 މާރިޗް 2026 އަށް |
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު:
|
# |
ބާވަތް |
ފައިސާގެ އަދަދު |
|
1 |
އާދައިގެ ހަނޑޫ |
12 ރުފިޔާ |
|
2 |
ތައިލެންޑް ހުދު ހަނޑޫ |
53 ރުފިޔާ |
|
3 |
ރަތް ހަނޑޫ |
96 ރުފިޔާ |
|
4 |
ބާސްމަތީ ހަނޑޫ ( އާދައިގެ) |
77 ރުފިޔާ |
|
5 |
ބާސްމަތީ ހަނޑޫ (މޮޅު) |
109 ރުފިޔާ |
|
6 |
ބާސްމަތީ ހަނޑޫ ( އެންމެ މޮޅު) |
136 ރުފިޔާ |
|
7 |
އާދައިގެ ފުށް |
10 ރުފިޔާ |
|
8 |
އާޓާ ފުށް |
75 ރުފިޔާ |
މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.