ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މިނިސްޓްރީގެ ނަންބަރު IUL)23/23/2015/34) އިޢުލާނުން ކުރި އިޢުލާނަށް މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުވެފައިނުވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމިނިސްޓްރީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތް ސާރވޭގެ ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހޯލެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. (މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.)
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
13 ޑިސެންބަރު 2015 |
އާދީއްތަ |
11:00 |
އަންދާސީހިސާބު ހުށަހެޅުން |
17 ޑިސެންބަރު 2015 |
ބުރާސްފަތި |
11:00 |
އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3014335 އަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.
21 ޞަފަރު 1437