ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2026/18
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 23:33
ސުންގަޑި: 23 ފެބުރުވަރީ 2026 14:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރާއްޖޭގައި އުފެއްދޭ ކާނާގެ ބާވަތްތައް އާލާކޮށް، ކާނާގެ ދުޅަހެޔޮކަން ރައްޔިތުންނަށް ހޯދައިދިނުމުގެ ގޮތުން ހިންގޭ ޕްރޮގްރާމުގެ ދަށުން ގޭބިސީތަކަށް ބޭނުންވާ ގަހުގެ މަޢުލޫމާތު އެއްކުރުމާ ގުޅޭ

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ކެނދިކުޅުދޫގައި ހިންގުމަށް ހަމަޖެހިފައިވާ ރާއްޖޭގައި އުފެއްދޭ ކާނާގެ ބާވަތްތައް އާލާކޮށް، ކާނާގެ ދުޅަހެޔޮކަން ރައްޔިތުންނަށް ހޯދައިދިނުމުގެ ގޮތުން ހިންގޭ ޕްރޮގްރާމުގެ ދަށުން އަމިއްލަ ގޯތީގައި ގަސް އިންދަން ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމަށް ބޭނުންވެއްޖެއެވެ.

މިޕްރޮގްރާމަކީ ގިނަ އަދަދެއްގެ ގަސް ރާއްޖޭގައި އުފައްދައިގެން ކުރިޔަށްގެންދާ ޕްރޮގްރާމެއްކަމުން، މިކަމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މިނިސްޓްރީއިން މިވަނީ ފަށާފައެވެ. އެގޮތުން މިޕްރޮގްރާމުގެ ދަށުން މިނިސްޓްރީން ގޭބިސީތަކަށް ނަންނޯޓުކުރުމަށް ހުޅުވާލާފައިވާ ބާވަތްްތަކުގެ ލިސްޓް ތިރީގައި އެވަނީއެވެ.

#

ބާވަތް

#

ބާވަތް

1

ބަނބުކެޔޮ

4

ދަނޑިއަލުވި

2

މުރަނގަ

5

ފަތްކެޔޮ (ދޮންކެޔޮ)

3

އަލަ

6

ޖަނބުރޯލު

 

ފޯމް ލިންކް: https://forms.office.com/r/0xRsPz5XZ3

ވީމާ، މަތީގައި ދަންނަވާފައިވާ ބާއްވަތްތަކުގެ ތެރެއިން އެގޭބިސީއަކުން އިންދަން ބޭނުންވާ ގަހުގެ މަޢުލޫމާތާއި އެގޭބިސީއެއްގެ އިސްފަރާތުގެ މަޢުލޫމާތު 23 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އޮންލައިން ފޯމް މެދުވެރިކޮށް  ފޮނުއްވައިދެއްވުން އެދެމެވެ.

ވީމާ, މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

27     ޝަޢުބާން     1447

15      ފެބުރުވަރީ     2026  

15 ފެބުރުވަރީ 2026