ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/472/2026/22
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 21:35
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްޤީކުރި ސެގްމަންޓް، ޢާންމު ދަތުރުފަތުރަށް ބޭނުންކުރަން ފެށުމާ ގުޅޭ.

ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްޤީކޮށް ހުޅުވާލެވޭ ސެގްމަންޓް، ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ކަނޑައަޅައި، 2026 ފެބްރުއަރީ 16 ވާ ހޯމަ ދުވަހު ފަތިހު 5:00 އިން ފެށިގެން މަގު ބޭނުންކުރާ ފަރާތްތަކަށާއި ޢާންމު ދަތުރުފަތުރަށް ހުޅުވާލުމަށް ހަމަޖެހިފައިވާކަމުގައި ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.  

އަދި، އަލަށް ހުޅުވާލެވޭ ސެގްމަންޓްގެ ޗާޓް މި އިޢުލާނާއެކު އެއްކަރުދާސްކޮށްފައި ވާނެ ކަމުގައި ދަންނަވަމެވެ.

15 ފެބުރުވަރީ 2026