ތަމްރީނު
ނަންބަރު: (IUL)160-AS/1/2026/5
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 15:09
ސުންގަޑި: 17 ފެބުރުވަރީ 2026 13:00
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ޤުރްއާން ޚަތިމްކުރުމުގެ ޕްރޮގްރާމް 1447

1447 އަހަރުގެ ރަމަޟާންމަހު ބޭއްވުމަށް ހަމަޖެހިފައިވާ ޤުރްއާން ޚަތިމްކުރުމުގެ ޕްރޮގްރާމް

 

1447 އަހަރުގެ ރަމަޟާންމަހު ޤުރްއާން ޚަތިމްކުރުމުގެ ޕްރޮގްރާމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ޝަރުޠު:

  1. ޢުމުރުން 13 އަހަރާއި 16 ދެމެދުގެ ފިރިހެން ކުއްޖަކަށްވުން.
  2. ފަރިތަކަމާއެކު ކީރިތި ޤުރްއާން ބަލައިގެން ކިޔަވަން އެނގުން.

މުއްދަތު:

  • ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަސް ނިމެންދެން.

ކިޔެވުން ކުރިއަށްދާނެ މިސްކިތްތައް:

  • މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން، މާލެ.
  • ސަލްމާނު ރަސްގެފާނު މިސްކިތް، މާލެ.
  • މަސްޖިދު ޙަސަން އާދަމް، ހުޅުމާލެ، ފޭސް 2.

ކިޔެވުން އޮންނާނީ:

  • 18 ފެބުރުވަރީ 2026 – 26 ފެބުރުވަރީ 2026

   14:15 އިން ފެށިގެން ދޮޅުގަޑިއިރު.

  • 27 ފެބުރުވަރީ 2026 – 19 މާރިޗު 2026

10:00 އިން ފެށިގެން ދޮޅުގަޑިއިރު.

  • ހުކުރު ދުވަސް އަދި ހޮނިހިރު ދުވަސް.

9:00 އިން ފެށިގެން ދޮޅުގަޑިއިރު.

ޖާގަ:

 20 ޖާގަ (ކޮންމެ މިސްކިތަކަށް).

ހުށަހަޅަންޖެހޭ ތަކެތި:

  • އައިޑީ ކާޑުގެ ކޮޕީ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 17 ފެބުރުވަރީ 2026 ގެ 13:00 ގެ ކުރިން ގޫގުލް ފޯމް

https://forms.gle/pQPtpkCuN5qX829V6  ފުރިހަމަ ކުރެއްވުން އެދެމެވެ.

15 ފެބުރުވަރީ 2026