ދިވެހިރާއްޖެ
މި ސްކޫލަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ.
މި ސްކޫލުގެ ނަންބަރު 2015/22/GS65-Aފ(01 ނޮވެންބަރު 2015) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ. 2016 ވަނައަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ ގޮތަށް، ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
- 3 ނިދާކޮޓަރި (ފަރުނީޗަރާއެކު)
- ސިޓިންގރޫމް (ފަރުނީޗަރާއެކު)
- ބަދިގެ (ކައްކައި ކެއުމަށް ބޭނުންވާ ތަށިތެއްޔާއި، ހިފައިގެންގުޅޭ ސާމާނާއެކު)
- ޑީބޯޑު އަޅައި ރަނގަޅަށް ކަރަންޓު ވައިރުކޮށް އަދި ވަކި މީޓަރެއް ލެވިފައިވުން އަދި ބޯފެނާއި އާދައިގެ ފެން ލިބެން ހުރުން
- ގޭތެރޭގެ ކަންތައްތައް ކޮށްދީ ބަލަހައްޓާނެ މީހަކު ހަމަޖެހިފައި ހުރުން
މިކަމާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ ރަސްމީގަޑީގައި ސްކޫލް އޮފީހަށް ވަޑައިގެން އެ މަޢުލޫމާތެއް ސާފުކުރެއްވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތު ފޯމު ރަސްމީގަޑީގައި ސްކޫލް އޮފީހުގެ ބަޖެޓްސެކްޝަނުން ލިބެން ހުންނާނެ ވާހަކަވެސް ދެންނެވީމެވެ.
ވީމާ، ގެއެއް ކުއްޔަށް ދެއްވުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ބޭފުޅުން، މަޢުލޫމާތު ފޯމު އަދި ކުއްޔަށް ދެއްވާ ތަނުގެ ގޯތީގެ ބޮޑުމިނާއި ޢިމާރާތުގެ މިންތައް އެނގޭނެ ޢިމާރާތުގެ ކުރެހުމަކާއި، މަޢުލޫމާތު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 16 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 9:00ގެ ކުރިން ސްކޫލަށް ހުށަހެޅުއްވުން އެދި މިކަން ޢާންމުކޮށް އިޢުލާނު ކުރަމެވެ.
21 ޞަފަރު 1437