ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)362/362/2026/5
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި:
01 ޖަނަވަރީ 1970 05:00
މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ލާމަރުކަޒީ ޤާނޫނުން ލާޒިމްކޮށްފައިވާ ފެބްރުއަރީމަހުގެ ބައްދަލުވުން.
އިޢުލާނު
ލާމަރުކަޒީ ޤާނޫނުން ލާޒިމް ކޮށްފައިވާ ގޮތުގެ މަތިން މިއަހަރު ފެބްރުއަރީމަހު ބާއްވަންޖެހޭ ރައްޔިތުންގެ ބައްދަލުވުން މިހިނގާ ފެބްރުއަރީމަހު 24 ވާ އަންގާރަ ދުވަހުގެ ރޭ 21:30 ގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގައި ކައުންސިލްގެ ވޭތުވެދިޔަ އަހަރުގެ މާލީ ހިސާބު އަދި ކައުންސިލްގެ ވޭތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓް ރައްޔިތުންނާ ހިއްސާކުރެވޭނެއެވެ.
މި ބައްދަލުވުން އޮންނާނީ 24 ފެބްރުއަރީ 2026 ވާ އަންގާރަ ދުވަހުގެ ރޭ 21:30 ގައި ރަތްމަންދޫ ކައުންސިލްއިދާރާގެ ހޯލުގައެވެ.
ވީމާ، މިބައްދަލުވުމަށް ރައްޔިތު ފިރިހެނުންނާއި، އަންހެނުންނަށް ދަޢުވަތު އަރުވަމެވެ.
މިހެންވެ މިކަން އާންމުކޮން އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.
27 ޝަޢުބާން 1447
15 ފެބުރުވަރީ 2026