ދިވެހިރާއްޖެ
އިޢުލާން
ރަމަޟާންމަހު ތަރާވީސް ނަމާދު ކުރާ ހާފިޡުގެ ހުރުމާއި ކެއުމުގެ އިންތިޒާމްތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް
މި ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް ރަމަޟާންމަހު ތަރާވީސް ނަމާދު ކުރާ ހާފިޡުގެ ހުރުމާއި ކެއުމުގެ އިންތިޒާމްތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަންމަށް ކުރެވުނު އިޢުލާން ނަންބަރު: (IUL)271-ESMS/271/2026/11 އާއި ގުޅިގެން އެއް ފަރާތުން ކޮޓޭސަން ހުށައަޅާފައިވާތީވެ، އެ އިޢުލާން ބާތިލްކޮށް މިހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
މަޢުލޫމާތު ދިނުން:
މިމަސައްކަތާއި ގުޅިގެން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯއްނާނެއެވެ. މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި އަގު ހުށައަޅާ ފޯމް މިއިއުލާނާއި އެކު އާންމުކުރެވިފައި ވާނެއެވެ
އަގު ހުށަހެޅުން:
ފޯމް ހުށައެޅުން އޮންނާނީ 16 ފެބްރުއަރީ 2026 (ހޯމަ) ދުވަހުގެ 13:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ. އަގު ހުށައަޅާ ފޯމް ހުށަހެޅުމުގައި، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ފަރާތްތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ފޯމްތަށް، އަދި މަޢުލޫމާތާއި ލިޔެކިޔުން ފުރިހަމަނުވާ ފޯމްތަށް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.