ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)267/267/2026/10
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 19 ފެބުރުވަރީ 2026 12:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމްކުރާ

ހދ. ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން 1447 ވަނަ އަހަރުގެ ރަމަޟާންމަހު ކުމުންދޫގައި 12 އަހަރުން މަތީގެ އަންހެން އަދި ފިރިހެން ބޭފުޅުންނަށް ޙާއްސަކޮށްގެން ޤުރުޢާން މުބާރާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތް ކުރިއަށްގެންދާގޮތަށް ހަމަޖެހިފައިވަނީ 28 ފެބުރުއަރީ 2026 ގައެވެ. މިމުބާރާތުގެ މަޤުސަދަކީ ކީރިތި ޤުރުޢާނަށް ލޯބިޖައްސައި ކީރިތި ޤުރުޢާނަށް އަހުލުވެރިކުރުވުމެވެ.

މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 4 އުމުރުފުޅާއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހިމެނެނީ 12 އަހަރާއި 15 އަހަރާ ދެމެދު، 15 އަހަރާއި 18 އަހަރާއި ދެމެދު، 18 އަހަރާއި 35 އަހަރާ ދެމެދު، އަދި 35 އަހަރުން މަތީ އުމުރުފުރާއެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު މި އިއުލާނާއެކު އެއްކަރުދާސްކުރީމެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 19 ފެބުރުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ. އަދި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ކުމުންދޫ ކައުންސިލު އިދާރާގެ ކައުންޓަރުން ލިބިލައްވާނެ ވާހަކަވެސް ދެންނެވީމެވެ.

 

މުބާރާތުގައި ހޮވޭނެ ވަނަތައް

ކޮންމެ އުމުރުފުރާއަކުން

މުޅި މުބާރާތުން

1ވަނަ - ޓްރޮފީ އަދި 1500 ރުފިޔާގެ ފައިސާގެ އިނާމު

1ވަނަ - ޓްރޮފީ އަދި 2000 ރުފިޔާގެ ފައިސާގެ އިނާމު

2ވަނަ - ޓްރޮފީ އަދި 1000 ރުފިޔާގެ ފައިސާގެ އިނާމު

2ވަނަ - ޓްރޮފީ އަދި 1500 ރުފިޔާގެ ފައިސާގެ އިނާމު

3 ވަނަ - ޓްރޮފީ އަދި 500 ރުފިޔާގެ ފައިސާގެ އިނާމު

3 ވަނަ - ޓްރޮފީ އަދި 1000 ރުފިޔާގެ ފައިސާގެ އިނާމު

 

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

12 ފެބުރުވަރީ 2026