ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)254/254/2026/18
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:08
ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރު ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ

 

މޯލްޑިވްސް ޒަކާތު ހައުސްގެ ނަންބަރު: 496-B2/CIR/2026/1 (28 ޖަނަވަރީ 2026) ގެ ސާކިއުލަރ އާއި ގުޅޭ ގޮތުން ދަންނަވަމެވެ. 1447 ވަނަ އަހަރު މުޅި ރާއްޖޭގައި ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅައި ޢާންމުކުރާ އޮންލައިން ޕްލެޓްފޯމް ތަކުންނެވެ. އަދި އޮންލައިން ޕްލެޓް ފޯމްތަކުގެ ކިއު އާރު ކޯޑްތައް ހިމެނޭ ޕޯސްޓަރުތައް 01 ރަމަޟާން 1447 ވަނަ ދުވަހު ކައުންސިލް ފޭސްބުކު ޕޭޖް އަދި ކައުންސިލް ވައިބާ ގުރޫޕްގައި ޙިއްސާ ކުރެވިގެންދާނެއެވެ. މޯލްޑިވްސް ޒަކާތު ހައުސްއިން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 5 ރަމަޟާން 1447 ވަނަ ދުވަހުން ފެށިގެން 27 ރަމަޟާން 1447 ވަނަ ދުވަހުގެ ނިޔަލަށް ކަމުގައި ދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އިންގާ އިޢުލާން ކުރީމެވެ.

12 ފެބުރުވަރީ 2026