ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު.
ކައުންސިލް ޤުރުއާން މުބާރާތް 1447 ވަނަ އަހަރުގެ ޤުރްއާންމުބާރާތަށް ބޭނުންވާ ފަނޑިޔާރުން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ފެބްރުއަރީ 2025 ވާ އާދިއްތަ ދުވަހުގެ 14:00 ކުރިން މަސައްކަތް ކޮށްދެވޭނެ އަގާއި މަސައްކަތު މުއްދަތު ހިމެނޭ ކޯޓޭޝަން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ޤުރްއާން ކޯސް އަދި ޤުރްއާން ކްލާސް ހިންގާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޤުރްއާން ކޯސް އަދި ޤުރްއާން ކްލާސް ހިންގާ ފަރާތްތަކަށެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ކައުންސިލްގެ ނަމްބަރ 6500353 ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.