މަސައްކަތް
ނަންބަރު: GS196/IUL/2015/27
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:56
ސުންގަޑި:
10 ޑިސެންބަރު 2015 09:00
ކޮނޑޭ ސްކޫލް، ގއ.ކޮނޑޭ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން
ކޮނޑޭ މަދަރުސާގެ ސެކިއުރިޓީ 2016 ވަނަ އަހަރު ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މަސައްކަތުގެ ތަފުސީލު
ކޮނޑޭ މަދަރުސާގެ ސެކިއުރިޓީ 1 އަހަރުގެދުވަހުގެ މުއްދަތަށް ބަލަހައްޓައިދިނުން. (1 ޖަނަވަރީ 2016 އިން ފެށިގެން 31 ޑިސެންބަރު 2016 އާ ހަމައަށް)
ސްކޫލުގައި ސެކިއުރިޓީ ބެލެހެއްޓުމަށް ބޭނުންވާނޭ މުހިންމު މަޢުލޫމާތު- ކޮނޑޭ މަދަރުސާގެ ސެކިއުރިޓީ 24 ގަޑިއިރު ބަލަހައްޓަންވާނެއެވެ.
- ޑިއުޓީގައި ހުންނަ މީހަކު ހެނދުނު 07:30 ގައި ދިދަ ނަގައި އަދި މެންދުރުފަހުގެ 04:00ގައި ދިދަ ބާލަންވާނެއެވެ.
- ޑިއުޓީގައި މަދުވެގެން 1 ވޮޗަރ ހުންނަންވާނެއެވެ.
- ޑިއުޓީގެ ދިގުމިނަކީ ލޭބަރ ލޯގައި ބަޔާންވެގެންވާގޮތުގެ މަތިން ގިނަވެގެން 8 ގަޑިއިރެވެ.
- ޑިއުޓީގައި ހުންނައިރު އިށީންނާނެ ގޮނޑިއާއި ޑިއުޓީ ސްޓޭޝަން ކަނޑައަޅާނީ ސްކޫލުންނެވެ.
- ކޮންމެ މަހެއް ފެށުމުގެ 3 ދުވަސް ކުރިން ޖެހިގެން އަންނަ މަހުގެ ޑިއުޓީ ރޯސްޓަރ ސްކޫލް އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި ޑިއުޓީގައި ހުންނަ މުވައްޒަފަކު ބަދަލުވިޔަސް އެކަން އެވަގުތަކު ހުންނެވި ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔަކަށް އަންގަންވާނެއެވެ.
- ޑިއުޓީ ބަލަހައްޓާ ކޮންމެ މީހަކުމެ ހުންނަންވާނީ އެކަމަށް ޚާއްޞަ ކުރެވިފައިވާ ޔުނިފޯމެއްގައެވެ.
- ޑިއުޓީ ބަލަހައްޓާ މީހުންނަކީ ކާކުކަން އެނގޭނެ ލިޔުމެއް، ކަރުގައި ނުވަތަ ޔުނިފޯމުގެ ޖީބުގައި ހަރުކޮށްފައި ހުންނަންވާނެއެވެ.
- ޚިދުމަތް ދޭ ފަރާތުން ސްކޫލުގެ އިމާރާތްތަކާއި، އިމާރާތްތަކުގައިވާ މުދަލާއި، ގޯތިތެރެއާއި، ގޯތި ވަށައިގެންވާ މަގުތައް ބަލަހައްޓަންވާނެއެވެ.
- ޑިއުޓީގައި ތިބޭ މީހުންގެ ފަރުވާކުޑަކަމުން ހަލާކުވާ ނުވަތަ ގެއްލޭ އެއްޗެއްގެ ޒިންމާ ނަގަންޖެހޭނީ ޚިދުމަތްދޭ ފަރާތުންނެވެ.
- ޑިއުޓީގައި ހުންނަ ވޮޗަރަކު ސްކޫލުގެ ބަގީޗާތަކަށް ހެނދުނާއި ހަވީރު ފެންދޭންވާނެއެވެ.
- މިމަސައްކަތުގައި ގެންގުޅެންވާނީ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ޞިއްޙަތުގެ ގޮތުން އެކަށީގެންވާ ދިވެހިންނެވެ.
- އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
- އަންދާސީހިސާބު ބެލެހެއްޓުމަށް ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ގއ.ކޮނޑޭ މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.
ޕޮއިންޓް ދޭނެގޮތް
- މަސައްކަތުގެ އަގަށް 80 ޕޮއިންޓް
- ތަޖުރިބާއަށް 6 ޕޮއިންޓް (ކޮންމެ އަހަރަކަށް 2 ޕޮއިންޓް، ޕޮއިންޓް ދެވޭނީ ވޭތުވެދިޔަ 3 އަހަރަށް)
- ތަމްރީނު ލިބިފައިވާ ސެކިއުރިޓީ އޮފިސަރުން ބޭނުންކުރުމަށް (ކޮންމެ މީހަކަށް 2 ޕޮއިންޓް، ގިނަވެގެން 7 މީހުން)
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރެއްވުމަށް 10 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 09:00 އަށް ވަޑައިގަތުމަށްފަހު އަންދާސީހިސާބު 20 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 09:00 އަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.
21 ޞަފަރު 1437
03 ޑިސެންބަރު 2015