ދިވެހިރާއްޖެ
މި ކޯޓުގެ ކޯޓު ލީގަލް އޮފިސަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.
|
އިޢުލާނު |
|||||||||||||||||||
|
މަޤާމު: |
ކޯޓު ލީގަލް އޮފިސަރ |
||||||||||||||||||
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
||||||||||||||||||
|
މަޤާމުގެ ގިންތި: |
ދާއިމީ |
||||||||||||||||||
|
މަޤާމުގެ ރޭންކު: |
ޕަބްލިކް ސަރވިސް ރޭންކް 7 |
||||||||||||||||||
|
މަޤާމުގެ ކްލެސިފިކޭޝަން: |
ލީގަލް، ކަލްޗަރަލް އެންޑް ސޯޝަލް ސަރވިސް |
||||||||||||||||||
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |
||||||||||||||||||
|
މުސާރަ: |
-/14,785 ރުފިޔާ |
||||||||||||||||||
|
އެހެނިހެން އެލަވަންސް: |
|
||||||||||||||||||
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ކަންތައްތައް ފިޔަވައި، ކޯޓަށް ހުށަހެޅޭ ޝަކުވާތާކާއި އެހެނިހެން ކަންކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. 2- ސުޕްރީމް ކޯޓުގެ ފަރާތުން ތައްޔާރުކުރާ އެއްބަސްވުންތަކަށް ޤާނޫނީ ލަފާ ދިނުމާއި ބިލްތަކަށް ކޮމެންޓް ކުރުން. 3- ކޯޓުން ޓްރާންސްލޭޓް ކުރަންޖެހޭ ލިޔުންތައް ޓްރާންސްލޭޓް ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން. 4- އަލަށް ތަޢާރުފުކުރުވޭ ގާނޫނުތަކާއި އިސްލާހުކުރެވޭ ގާނޫނުތައް ދެނެގަނެ، ބްރީފް ތައްޔާރުކޮށް، އެލިޔުންތައް ފަސޭހައިން ބެލޭނެ އިންތިޒާމުތައް ވެރިއެއްގެ އިރުޝާދުގެ މަތިން ހަމަޖެއްސުން. 5- ސުޕްރީމް ކޯޓުން ނިންމާ ޤަޟިއްޔާއެއްގައި ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ވިޔަސް ބާޠިލްކަމަށް ނިންމައިފިނަމަ އެކަން ޝާޢިއުކުރުން. 6- ކޯޓުން ހަދަންޖެހޭ ޤަވާއިދުތައް އެކުލަވާލައި އިސްލާހުކުރަން ބޭނުންވާ ޤަވާޢިދުތަކާއި ސަރކިއުލަރ، ޢާއްމު ސިޓީތައް ފަދަ ޤާނޫނީ ޑްރާފްޓްތައް ތައްޔާރުކުރުން. 7- ޝަރުޢީ އަދީ ޤާނޫނީ ކަންކަމާއި ގުޅޭގޮތުން ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގެންފައިވާ ރިޕޯޓްތަކާއި އާ ހޯދުންތަކާއި ދިރާސާތަކާ ގުޅޭ މަޢުލޫމާތުތައް އެއްކޮށް ފަސޭހަކަމާއެކު އެ ފަދަ ލިޔުންތައް ބެލޭނެ އިންތިޒާމުތައް ހަމަޖެއްސުން. 8- އިދާރީ ބޭނުންތަކަށް ކޯޓުގައި އެކުލަވާލެވިފައިވާ ކޮމެޓީތަކަށް ބޭނުންވާ ޤާނޫނީ ލަފާ ދިނުން. 9- މި ނޫނަސް ލީގަލް އެންޑް ކޯޓު ސަރވިސް ޑިވިޜަންގެ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި ރަޖިސްޓްރާރ ޙަވާލުކުރާ މަސައްކަތްތައް ކުރުން. |
||||||||||||||||||
|
މަޤާމުގެ ޝަރުޠުތައް: |
|
||||||||||||||||||
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
މަޤާމަށް ކަނޑައަޅާފައިވާ ޕްރިފަރޑް ޑިސިޕްލިން:
މަޤާމަށް ކަނޑައަޅާފައިވާ ކޯ ޑިސިޕްލިންތައް: ޝަރީޢާ / ޤާނޫނު ނޯޓު: ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެފަރާތަކަށް ކްރައިޓީރިއާގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ. |
|||||||||||||||||||
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
|
|||||||||||||||||||
|
އެހެނިހެން ޝަރުޠު
|
2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އަދި ދޮންމާމަ ހިމެނޭގޮތަށް)؛ ނުވަތަ 2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭގޮތަށް)، ނުވަތަ 2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛ ނުވަތަ 2.4 އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ 2.5 ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް).
|
||||||||||||||||||
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ރ) ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް" |
||||||||||||||||||
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
||||||||||||||||||
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ފެބުރުވަރީ 2026 ގެ 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
||||||||||||||||||
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
||||||||||||||||||
|
އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި،މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާނު އޮންނާނީ، 26 ފެބުރުވަރީ 2026 އާއި 09 މާރިޗު 2026 އާ ދެމެދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައެވެ. |
||||||||||||||||||
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި ކޯޓުގައި އަދި މިކޯޓުގެ www.supremecourt.mv ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||||||||||||
|
|||||||||||||||||||