ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު
ދިވެހިސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓްގެ (އެމް.އީ.އެމް.ޕީ) – އެޑިޝަނަލް ފައިނޭންސިންގ މަޝްރޫޢުގެ ބޭނުމަށް ގަލްފްކްރާފްޓް ޓްއަރިން-32 ގެ ލޯންޗެއް ("ދިޔަވަރު" ލޯންޗް) ކޮންޓްރެކްޓް އުސޫލުން ދުއްވައި، ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ. މިލޯންޗްގައި ޢާންމު ގޮތެއްގައި މަޝްރޫޢުގެ ބޭނުމަށް މާލެއާއި އުތުރު ޕްރޮވިންސް (ނ، ރ، ބ އަދި ޅ.އަތޮޅު) ގެ ރަށްރަށަށް ދަތުރުކުރަންޖެހޭނެއެވެ.
ވީމާ، އަމިއްލަ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކޮށްގެން (ތެޔޮ އެޅުން ނުހިމެނޭ ގޮތަށް) މިލޯންޗް ދުއްވައި، ބަލަހައްޓައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015ޑިސެންބަރު 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމަކުން އަންދާސީހިސާބު ހުށަހެޅުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވުމުން ސޮފްޓްކޮޕީ ފޯމެޓްގައި މަޢުލޫމާތު ކަރުދާސް ލިބިވަޑައިގަންނަވާނެއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ
ގްރީން ބިލްޑިންގ
ހަނދުވަރީ ހިނގުން، މާފަންނު،
މާލެ، 20392، ދިވެހިރާއްޖެ
ފޯނު: 3018419 ، ފެކްސް: 3018301
އީމެއިލް: [email protected]
އަންދާސީހިސާބު ހުޅުވުން އޮންނާނީ 2015 ޑިސެންބަރު 20ވާ އާދީއްތަ ދުވަހުގެ 13:00ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ޕްރޮޕޯޒަލްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި މަސައްކަތަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.