ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)306/306/2026/11
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 14 ފެބުރުވަރީ 2026 20:15
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެބްރުއަރީ މަހު ރައްޔިތުންނާއި ބައްދަލުކުރުމާއިގުޅޭ

އިޢުލާން

 

ފެބްރުއަރީ މަހު ރައްޔިތުންނާއި ބައްދަލުކުރުމާއިގުޅޭ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން ފެބްރުއަރީ މަހު ރައްޔިތުންނާއި ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުން 2026 ފެބްރުއަރީ 14 ވާ (ހޮނިހިރު) ދުވަހުގެރޭ 20:15 ގައި ކައުންސިލް އިދާރާ ކުރިމަތީގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯރޓް ރައްޔިތުންނާއި ޙިއްސާކުރެވޭނެއެވެ. އަދި މި ރިޕޯރޓްތައް ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު ކައުންސިލް އިދާރާގައި ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ، މިބައްދަލުވުމަށް އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވަމެވެ. ބައްދަލުވުމުގެ އެޖެންޑާ މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

           މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ފެބުރުވަރީ 2026