ދިވެހިރާއްޖެ
ނަންބަރު: (IUL)303-EDMS/303/2026/8
އިއުލާން
ރަށުން ބޭރުގައި ދިރިއުޅޭ ރަށުގެ ރަށްވެހިންގެ ދަފްތަރު އެކުލަވާލުން
ރަށުން ބޭރުގައި ދިރިއުޅޭ ރަށުގެ ރަށްވެހިންގެ ދަފްތަރު އެކުލަވާލުން
ރ. އުނގޫފާރު ރަށްވެހިންގެ ތެރެއިން ރަށުގައި ދިރިނުޅޭ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކައުންސިލުން ދަނީ ކުރަމުންނެވެ. އެގޮތުން ރަށުންބޭރުގައި ދިރިއުޅޭ ފަރާތެއްކަން އަދި ދިރިއުޅެމުންދާ މުއްދަތު ކަނޑައަޅާނީ މި އިދާރާއަށް ހުށަހަޅާ ލިޔުންތަކަށް ބެލުމަށްފަހުގައެވެ.
ރަށުގައި ދިރިނޫޅޭކަން އަންގައިދިނުމަށް ހުށަހެޅިދާނެ ލިޔެކިއުން
- ޕެންޝަން ސްކީމަށް ހިއްސާކުރާ ވަޒީފާދޭ އަމިއްލަ ފަރާތަކުން ދޫކޮށްފައިވާ ރަސްމީ ވަޒީފާގެ ލިޔުން ނުވަތަ ސަރުކާރުގެ އިދާރާތަކުން ދޫކޮށްފައިވާ ވަޒީފާއަދާކުރާކަމުގެ ލިޔުން (މި ލިޔުމުގައި ވަޒީފާ އަދާކުރަންފެށި ތާރީޚާއި، ލިޔުން ދޫކުރި ފަރާތުގެ ނަމާއި ސޮޔާއި ސިއްކަ ޖަހާފައި އޮތުން) އަދި ޤާނޫނު ނަންބަރު 2009/8 (ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނު) ތަސްދީޤު ކުރުމުގެ ކުރިން ވަޒީފާ އަދާކޮށްފައިވާ ފަރާތެއްކަމުގައި ވާނަމަ، ވަޒީފާދޭ އަމިއްލަ ފަރާތަކުން ދޫކޮށްފައިވާ ރަސްމީ ވަޒީފާގެ ލިޔުން (މި ލިޔުމުގައި ވަޒީފާ އަދާކުރަންފެށި ތާރީޚާއި، ލިޔުން ދޫކުރި ފަރާތުގެ ނަމާއި ސޮޔާއި ސިއްކަ ޖަހާފައި އޮތުން)
- ދިރިއުޅޭ ރަށުގެ ތަޢުލީމީ މަރުކަޒަކުން ތައުލީމު ހާސިލްކޮށްފައިވާކަން އެނގޭ ލިޔުން
- ދަޢުލަތުގެ އިދާރާއަކުން އެ އިދާރާއިން ރަސްމީކޮށް ބަލަހައްޓާ ލިޔެކިޔުންތަކުގެ މަޢުލޫމާތު، އެރަށެއްގައި ދިރިއުޅެފައިވާ މުއްދަތު ސާބިތުވާކަމުގެ ލިޔުމެއް
- ދިރިއުޅޭ ރަށުގައި ދިރިއުޅޭކަން ސާބިތުކޮށްދިނުމުގެ ގޮތުން ޕަބްލިކް ނޯޓަރީއެއްގެ ކުރިމަތީގައި ހުވައެއްކޮށް، އެމީހަކު އެރަށެއްގައި ދިރިއުޅެފައިވާގޭގެ، ވެރިފަރާތުން ދީފައިވާ، މި އިޢުލާނާއިއެކު ގެޒެޓްކޮށްފައިވާ ނަމޫނާއާއި އެއްގޮތަށް، ނޮޓޮރައިޒްކޮށް ހުށަހަޅާ އެފިޑެވިޓް
ރަޖިސްޓްރީވާ ފޯމުގެ ލިންކް: https://forms.gle/tyRfAMELoPEoFjpi9
ވީމާ، ދަފްތަރުގައި ރަޖިސްޓްރީވުމަށް ޓަކައި އިޢުލާނުގައިވާ ލިންކް މެދުވެރިކޮށް މަޢުލޫމާތު ފުރިހަމަ ކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.