މަސައްކަތް
ނަންބަރު: GS 139/2015/24
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:00
ސުންގަޑި: 10 ޑިސެންބަރު 2015 13:00
ބ. ގޮއިދޫ ސްކޫލް، ބ. ގޮއިދޫ
ދިވެހިރާއްޖެ
2 ކްލާސްރޫމުގެ އިމާރާތެއް ކޮށްދޭނެ ފަރާތެއް ހޯދުން

 މި ސްކޫލުގައި 2 ކްލާސްރޫމުގެ އިމާރާތެއް ކޮށްދޭނެ ފަރާތެއް ހޯދުން

މި ސްކޫލުގައި 2 ކްލާސްރޫމް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު GS139/2015/23ފ(12 ނޮވެންބަރު 2015) އިޢުލާނާ ގުޅިގެން އެކަމަށް އެދި އަންދާސީހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ އަންދާސީހިސާބުތަކުގައި ލިޔެކިޔުންތައް ފުރިހަމަނުވާތީއާއި، ޞައްޙަ 3 ބިޑް ނެތުމުގެ ސަބަބުން އެ އިޢުލާނު ބާޠިލުކޮށް، އަލުން 2 ކްލާސްރޫމް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

ވީމާ، މި ސްކޫލުން ދޭ ކުރެހުންތަކާއި، ޓެކްނިކަލް ސްޕެސިފިކޭޝަންސްއާއި، ކޮންޓްރެކްޓް އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މި ސްކޫލުގައި 2 ކްލާސްރޫމުގެ އިމާރާތެއް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 1:00 ގައި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 ޑިސެންބަރު 2015 ވާ ހޯމަަަ ދުވަހުގެ 1:00 ގައި ސްކޫލަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ސްކޫލުގައި 2 ކްލާސްރޫމް އިމާރާތްކުރުމާބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަންތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަންތަކާއި އަދި ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

  • ބިޑް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނެގޮތް

ހ. މަސައްކަތް ނިންމާނެ މުއްދަތަށް 15 މާކްސް (މުއްދަތު ކުރުނަމަ ގިނަ ޕޮއިންޓް ދެވޭނެ)

ށ. މިފަދަ މަސައްކަތެއް ކުރެވިދާނެކަމުގެ މާލީ ޤާބިލުކަމަށް 10 މާކްސް (ބޭންކް ސިޓީ، ގެރެންޓީ ސިޓީ، ބޭންކް ސްޓޭޓްމަންޓް ފަދަ ލިޔުން) މިބަޔަށް މާކްސް ދެވެނީ، އިވެލުއޭޝަން ކޮމިޓީން ކަނޑައަޅާ، އެންމެ ރަނގަޅު ފަރާތަކަށް 10 މާކްސް، ބެންޗް މާކްސްް ކަމަށް ބަލައިގެން އިވެލުއޭޝަން ކޮމިޓީން ކްރައިޓީރިޔާ ކުރެވިފައިވާ ގޮތުގެ މައްޗަށް މާކްސް ބަހާލައިގެންނެވެ.

ނ. މަސައްކަތުގެ އަގު 65 މާކްސް (އަގު ކުޑަވިވަރަކަށް ޕޮއިންޓް ގިނަވާނެ)

ރ. މިފަަދަ މަސައްކަތުގެ ތަޖުރިބާ 10 މާކްސް (ވޭތުވެދިޔަ 03 އަހަރު ކޮށްފައިވާ މިބާވަތުގެ މަސައްކަތްތައް، އަގާއެކު ރިފަރެންސް ސިޓީ ފަދަ ލިޔުން ހުށަހެޅުން. 03 ޕްރޮޖެކްޓަށްވުރެ ގިނަ ޕްރޮޖެކްޓް ހިންގަވާފައިވާނަމަ، މިބަޔަށް ކަނޑައެޅިފައިވާ ފުލްމާކްސް ދެވޭނެ. 03 ޕްރޮޖެކްޓަށްވުރެ މަދުނަމަ ކޮންމެ ޕްރޮޖެކްޓަކަށް ލިބޭނީ 03 ޕޮއިންޓެވެ.

  • އަމިއްލަ ފަރާތްތަކުން ނުވަތަ ކުންފުންޏަކުން ނަމަވެސް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެ މީހަކީ އެފަރާތަކުން ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: މި ސްކޫލުގެ ނަންބަރު: 6600014 ފޯނާއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

25 ޞަފަރު 1437

07 ޑިސެންބަރު 2015