ދިވެހިރާއްޖެ
ތ.ވިލުފުށީ މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރީކާސްޓް މެޓީރިއަލް ކާސްޓް ކުރުމަށާއި، ސައިޓަށް ގެންނަ މެޝިނަރީ އަދި އިކުއިޕްމަންޓްތައް ބެހެއްޓުމަށް ބިމެއް ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތުން ދިނުމަށް ނިންމާފައިވަނީ ރަށުގެ ލޭންޑް ޔޫސް ޕްލޭންގެ 48.1، 48.2، 48.3 ނަންބަރު ބިމުން (މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގައިވެސް ކާސްޓިންގ ޔާޑްގެ ގޮތުގައި ބޭނުންކުރި ސަރަޙައްދުން) 25000 އަކަފޫޓްގެ ސަރަޙައްދެކެވެ.
ވީމާ، މި ސަރައްޙައްދުގައި އެއްވެސް މީހެއްގެ މުދަލެއްވާނަމަ، މިއަދުން ފެށިގެން 03 (ތިނެއް) ދުވަހު ތެރޭގައި އެ އެއްޗެއް ނަގައި ސާފުކުރުމަށް އެތަކެތީގެ ވެރިފަރާތްތަކަށް އަންގަމެވެ. އަދި މި މުއްދަތުގެ ތެރޭގައި ނުނަގައި ހުންނަ ތަކެއްޗަކީ، އެތަކެތީގެ ވެރިފަރާތްތަކުން ބޭނުންނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމުގައިބަލައި، އެ ތަކެތި ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.