މަސައްކަތް
ނަންބަރު: GS-189/IUL/2015/124
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:53
ސުންގަޑި: 09 ޑިސެންބަރު 2015 11:00
މާމެންދޫ ސްކޫލް، ލ.މާމެންދޫ
ދިވެހިރާއްޖެ
ޕްރީސްކޫލް ދަރިވަރުންގެ އައުޓުޑޯ ބައެއް ސާމާނާއި ކަބަޑެއް އެޅުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ޕްރީސްކޫލް ދަރިވަރުންގެ އައުޓްޑޯ ބައެއް ސާމާނާއި ކަބަޑެއް އެޅުމަށް ބޭނުންވާތީ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 09 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 11:00 އަށް ލ.މާމެންދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 ޑިސެންބަރު 2015ވާ އާދީއްތަ ދުވަހުގެ 11:00 އަށް ލ.މާމެންދޫ ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ސިޓީއެއް ހުށަހަޅަންވާނެއެވެ. ކްލަބް ޖަމްޢިއްޔާއަކުންނަމަ އެ ޖަމްޢިއްޔާގެ ލެޓަރހެޑްގައި ލިޔެފައިވާ ރަސްމީ ސިޓީއެއް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެވޭނީ ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް އެއްފަރާތެއްގެ ނަމުގައެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތައްވެސް މަޢުލޫމާތު ސާފުކުރެވޭނީ އެއްފަރާތެއްގެ ނަމުގައެވެ. މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުނަމަ، 6800549 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

19 ޞަފަރު 1437

01 ޑިސެންބަރު 2015