|
މަޤާމު:
|
ލެބޯޓްރީ ޓެކްނޮލޮޖިސްޓް
|
ބޭނުންވާ އަދަދު:
|
01
|
|
އޮފީސް
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ
|
ޑިޕާޓްމަންޓް:
|
އެޑްމިން
|
|
ސްޕައިން ޕޮއިންޓް:
|
37
|
ގްރޭޑް:
|
8
|
|
މުސާރަ:
|
މަހަކު 11,374.40 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 4,874.74ރުފިޔާ
|
|
އިނާޔަތްތައް:
|
ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
ސްޓާފް ޖިމް ފެސިލިޓީ
ސްޓާފް އެސިސްޓަންސް ޕްރޮގްރާމްތައް
ލައިބްރަރީ މެމްބަޝިޕް
|
|
ވަޒީފާގެ ބާވަތް:
|
ދާއިމީ
|
|
މަގާމްގެ ޝަރުތު:
|
- މަސައްކަތާ ގުޅޭ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސަރޓިފިކެޓެއް ލިބިފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
|
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ހެޑް އޮފް ޑިޕާރޓްމަންޓް އަދި ވެރިންގެ އިރުޝާދުގެ ދަށުން އިންޖިނިއަރިންގ ލެބޯޓްރީތަކުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ލެބޯޓްރީ އިންސްޓްރޫމަންޓްތަކާއި، އިކްއިޕްމަންޓްތައް އަދި އެހެނިހެން މެޓީރިއަލްސްތަކާއި ޓޫލްސްތައް ޤަވާއިދުން ޗެކްކޮށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި އަދި މެއިންޓެނެންސް ލޮގްތަކުގެ ރެކޯޑް ބެލެހެއްޓުން.
- ލެބޯޓްރީތަކުގެ އިންސްޓްރޫމަންޓްތަކާއި، އިކްއިޕްމަންޓްތައް އަދި އެހެނިހެން މެޓީރިއަލްސްތަކާއި ޓޫލްސްތައް ދުވަހުން ދުވަހަށް އޮޕަރޭޓްކޮށް، ކެލިބްރޭޓްކޮށް، ބެލެހެއްޓުން.
- ލެކްޗަރަރއިންގެ ރިކްއެސްޓްތަކާ އެއްގޮތަށް ޕްރެކްޓިކަލް ސެޝަންތަކަށް ލެބޯޓްރީ އިންސްޓްރޫމަންޓްތަކާއި އިކުއިޕްމަންޓްތަކާއި މެޝިންތައް ސެޓް ކޮށްދިނުން.
- ޕްރެކްޓިކަލް ގަޑިތަކުގެ މެޓީރިއަލްސް ތައްޔާރުކުރުމާއި ސެޝަން ކުރިއަށް ގެންދިއުމަށް ލެކްޗަރާއިންނަށް އެހީތެރިވެދީ ލެބް ޑިއުޓީ ކުރުން.
- ރިސާޗް ޕްރޮޖެކްޓްތަކާއި މަތީލެވެލް ކޯސްތަކުގައި ކިޔަވާ ދަރިވަރުންގެ ޕްރޮޖެކްޓްތައް ކުރިއަށްގެންދިއުމަށް އެހީތެރިވެދިނުން.
- ޕްރެކްޓިކަލް ސެޝަންތައް ނިމުމުން އިކްއިޕްމަންޓްތަކާއި މެޝިންތައް ޗެކުކޮށް ނޯމަލް ކޮންޑިޝަން އަށް ގެނައުން.
- ދަރިވަރުންގެ އެސައިންމަންޓްތަކާއި އަދި ފެކަލްޓީ ލެވެލްގައި ކުރިއަށްގެންދާ އިމްތިޙާންތައް ކުރިއަށްގެންދިއުމަށް އެހީތެރިވެދިނުން.
- ލެބޯޓްރީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރުމާއެކު، ޔުނިވަރސިޓީ، ސްޓޭޓް އަދި ފެޑެރަލް ރެގިއުލޭޝަންތައް ފުރިހަމަކަން ކަށަވަރުކުރުން.
- ލެބޯޓްރީ މެނުއަލް، ލެބް ސޭފްޓީ ޕްރޮޓޮކޯލްސް އަދި ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖަރސް (SOP) ޑިވެލޮޕްކުރުމާއި، ތަންފީޒުކުރުމާއި އަދި ކޮލިޓީ އެޝުއަރެންސް ޕްރޮޓޮކޯލްތަށް ހިފެހެއްޓުން.
- އަލަށް ކިޔަންފަށާ ދަރިވަރުންނާއި ސްޓާފުންނަށް ލެބް ސޭފްޓީ ޓްރެއިނިންގ އަދި ލެބޯޓްރީ އިކުއިޕްމަންޓްތައް ރައްކާތެރިކަމާއެކު ބޭނުންކުރާނެ ގޮތުގެ ފަންނީ އިރުޝާދާއި ތަމްރީނު ދިނުން.
- ކަނޑައެޅިފައިވާ އުސޫލުތަކާއިއެގޮތަށް ލެބޯޓްރީގެ އިންވެންޓްރީ ބެލެހެއްޓުމާއި، ސްޓޯރޭޖް ބެލެހެއްޓުން.
- ލެބޯޓްރީތަކަށް ހޯދަންޖެހޭ ކޮންޕޮނަންޓު އަދި އިންސްޓްރޫމަންޓްތަކާއި އިކްވިޕްމަންޓްތަކުގެ ސްޕެސިފިކޭޝަން ތައްޔާރުކުރުމާއި އަދި މިތަކެތި ހޯދުމަށް ގުޅުންހުރި ފަރާތްތަކާއެކު އެހީތެރިވެދިނުން.
- އިކުއިޕްމަންޓާއި ސަޕްލައިގެ ބަޖެޓް އެސްޓިމޭޓްތައް ތައްޔާރުކުރުމުގައި އެހީތެރިވުމާއި އަދި ގްރާންޓް ޕްރޮޕޯސަލްތައް ތައްޔާރުކުރުމުގައި އެހީތެރިވުން.
- ލެކްޗަރަރއިންގެ އިރުޝާދުގެ ދަށުން ފީލްޑް ޓްރިޕްތަކަށް ބޭނުންވާ ކޮންޒިއުމަބަސް އަދި އިކްއިޕްމަންޓް ހަމަޖައްސަދިނުމާއި، ފީލްޑް ވޯކްތަކުގައި ބައިވެރިވުން.
- އަތޮޅު ކެމްޕަސްތަކުގައި ހިންގާ ދާއިރާގެ ކޯސްތައް ހިންގުމަށް ބޭނުންވާ، އިކްއިޕްމެންޓްތައް އެ ކެމްޕަސްތަކަށް ފޮނުވުމަށް ބޯޓްފަހަރުތަކަށް ހަވާލުކުރުން.
- ޑިޕާރޓްމަންޓްގެ ކިޔަވައިދިނުމާއި ގުޅުންހުރި އެކަޑަމިކް އަދި އެޑްމިނިސްޓްރޭޓިވް ކަންކަމުގައި އެހީތެރިވުން.
- މަތީގައިވާ ކަންތައްތަކުގެ އިތުރުން އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން މަރުކަޒާއި، ޑިޕާޓްމަންޓްތަކުގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ބައްދަލުވުންތައް ރޭވުމުގެ މަސައްކަތުގައި ބައިވެރިވުން.
|
|
|
އެޕްލިކޭޝަންފޮނުވަންވީ ތާރީޚް:
|
2026 ފެބުރުވަރީ 22 ވާ އާދިއްތަދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް. https://tinyurl.com/mnu-hr-2026-22
|
|
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- * ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.
|
|
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345142 ނަމްބަރު ފޯނަށެވެ.
|