ކުއްޔަށް ދިނުން
ނަންބަރު: (IUL)334/334/2026/26
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 15:03
ސުންގަޑި: 12 ފެބުރުވަރީ 2026 11:00
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ހުރާގައި ގެސްޓްހައުސް އެޅުމަށް ބިން ކުއްޔަށް ދިނުމަށް ކޮއްފައިވާ ނަންބަރު (IUL)334/334/2026/19 އިޢުލާންގެ މައުލޫމާތު ބައްދަލުވުމުގެ ގަޑި އަށް ބަދަލު އައުން

ކ.ހުރާ ގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް އަލަށް ހިއްކާފައިވާ ސަރަހައްދުން 08 ބިން، ގެސްޓްހައުސް އެޅުމަށް 50 އަހަރަށް ކުއްޔަށް ދިނުމަށް ކޮއްފައިވާ އިޢުލާން ނަމްބަރު (IUL)334/334/2026/19 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 12 ފެބްރުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 10:00ކަމުގައި އިޢުލާންކޮއްފައި ވީނަމަވެސް ލޯކަލް ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ އިންތިހާބު 2026 ގެ ކެޑިޑޭޓުންގެ ނަންބަރު ތަރުތީބުކުރުމަށް ޤުރުއަތުލުމުގެ ރަސްމިއްޔާތުވެސް ހަމަ އެދުވަހުގެ 10:00 އަށް ބޭއްވުމަށް ހަމަޖެހިފައިވާތީ ބިޑްގެ މަޢުލޫމާތު ބައްދަލުވުން ލަސްކުރެވިފައިވާކަން ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ވީމާ، މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 12 ފެބްރުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައެވެ. އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ އީމެއިލް [email protected]  އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

10 ފެބުރުވަރީ 2026