ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)334/334/2026/25
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:56
ސުންގަޑި: 16 ފެބުރުވަރީ 2026 00:14
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުރާ ކައުންސިލްގެ 03 ވަނަ "ރަންތާޖް" ޤުރްއާން މުބާރާތް 2026

އިޢްލާން

ހުރާ ކައުންސިލްގެ 03 ވަނަ "ރަންތާޖް" ޤުރްއާން މުބާރާތް 2026

މިކައުންސިލުން އިންތިޒާމްކޮށްގެން ރަށުފެންވަރުގައި ބާއްވާ އެންމެ ބޮޑު ޤުރުޢާން މުބާރާތް "ރަންތާޖު" މިއަހަރުގެ ރަމަޟާން މަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މިކައުންސިލުން ބާއްވާ 03 ވަނަ ރަންތާޖް ޤުރުއާން މުބާރާތެވެ.  

މި މުބާރާތް ބޭއްވުމުގެ މަޤްސަދަކީ ހުރާގައި ކީރިތި ޤުރްއާން ތަޖުވީދުގެ ހަމަތަކުން އުނގެނުމާއި، އުނގަންނައި ދިނުމުގަޔާއި، ޤުރްއާން ތަރްތީލްކޮށް ކިޔެވުމުގެ ޤާބިލްކަން ދެއްކުމުގައި ވާދަވެރި މާޙައުލެއް އުފެއްދުމެވެ. އަދި ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖެއްސުމާއި، ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، 16 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިއިޢްލާނުގައި ހިމެނިފައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ.

https://docs.google.com/forms/d/1C-E51kfebrDgjWgAbOrbCXoneaHPbUnRWeH_MrLWtQI/edit

             މި މުބާރާތުގައި އަމަލުކުރާނެ ޤަވައިދާއި މުޤައްރަރު މިއިޢުލާނާއި އެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 ފެބުރުވަރީ 2026