ބީލަން
ނަންބަރު: (IUL)286-MP/286/2026/15
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:33
ސުންގަޑި: 26 މާރިޗު 2026 11:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2026"ގައި ރެފްރީކަން ކޮށްދޭނެ ފަރާތްތައް ހޯދުމާ ގުޅޭ

ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެންޕިއަންޝިޕް 2026 ގައި ރެފްރީކަން ކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއްޖެއެވެ.

ބޭނުންވާ އަދަދު:

6

ފެންވަރު / ޝަރުތު:

ފީފާ / އެލީޓް ރެފްރީން

މުއްދަތު:

20 އޭޕްރީލް 2026 އިން 6 މެއި 2026 އަށް (ނިންމުމަށް އަންދާޒީ ތާރީޚެއް)

 

ވީމާ، މުބާރާތް ހިނގާ މުއްދަތު (20 އޭޕްރީލް 2026 އިން 6 މެއި 2026 އަށް) ގެ ނިޔަލަށް ރެފްރީކަން ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ދުވާލަކަށް ޚިދުމަތް ދިނުމަށް ހުށައަޅާ އަގު (ދިވެހިރުފިޔާއިން) ބަޔާންކޮށް ސިޓީއަކާއެކު، އައިޑީކާޑު ކޮޕީ އަދި ރެފްރީކަން ކުރުމުގެ ސެޓްފިކެޓް / ބެޖުގެ ކޮޕީއާއެކު 26 މާރިޗް 2026 ގެ 11:00 އަށް މިކައުންސިލަށް ވަޑައިގެން ބިޑު ހުށައެޅުމަށް ދަންނަވަމެވެ.

 

ބީލަން ވަޒަންކުރާނެ މިންގަނޑު (ބީލަން އިވެލުއޭޝަން ކްރައިޓީރިއަރ)

ޕޮއިންޓް ދެވޭނެދާއިރާ

ޕޮއިންޓް ދެވޭނެ ގޮތުގެ ތަފްސީލް

ޕޮއިންޓްގެ އަދަދު

1.1 އަގު

އެންމެ ކުޑައަގެއް ހުށަހަޅާ ފަރާތަށް އަގުގެ ގޮތުން އެންމެ ގިނަ ޕޮއިންޓް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން

އެންމެ ހެޔޮ އަގު / ހުށައެޅި އަގު × 90

 

 

 

90

 

 

 

 

1.2 ތަޖުރިބާ

މިބަޔަށް ޕޮއިންޓް ދެވޭނީ ވޭތުވެ 5 (ފަހެއް) އަހަރުދުވަހު (1 ޖަނަވަރީ 2021 އިން 31 ޑިސެންބަރު 2025 އަށް) ތެރޭގައި ދައުލަތުގެ އޮފީސްތަކާއި އިދާރާތަކުން ބާއްވާފައިވާ މިފަދަ މުބާރާތްތަކުގައި ރެފްރީކަން ކޮށްދީފައިވާ ފަރާތްތަކުގެ ރިފަރެންސް ލިޔުމަށް ބަލައި، ރެފްރީކަން ކޮށްދީފައިވާ މިފަދަ ކޮންމެ މުބާރާތަކަށް 02 ޕޮއިންޓް ދީގެންނެވެ. އަދި 5 (ފަހެއް) ލިޔުން ނުވަތަ އެޔަށްވުރެ އިތުރަށް ލިޔުން ހުށައަޅާ ފަރާތްތަކަށް މިބަޔަށް ފުލްކޮށް ޕޮއިންޓް ދެވޭނެއެވެ. ޚިދުމަތްދިނުމުގައި ފަރުވާކުޑަކޮށްފައިވާކަމަށް ފާހަގަކޮށްފައިވާ ލިޔުންތަކަށާއި، އަމިއްލަ ފަރާތްތަކަށް ކޮށްދީފައިވާ މިފަދަ ޚިދުމަތްތަކުގެ ލިޔުންތަކަށް ޕޮއިންޓެއް ނުދެވޭނެއެވެ. ތަޖުރިބާއަށް ލިޔުން ހުށަނާޅުއްވާ ފަރާތްތަކަށް މިބަޔަށް ޕޮއިންޓްއެއް ނުދެވޭނެއެވެ. މިފަދަ ލިޔުންތައް ހުށައަޅާއިރު، އިދާރާގެ ލެޓަރހެޑުގައި ރެފްރީކަން ކޮށްދެއްވި މުބާރާތާއި، ދުވާލަކަށް މަސައްކަތްކުރި ރޭޓާއި ޚިދުމަތްދީފައިވާ މުއްދަތު އެނގެން އޮންނާނެހެން އެލިޔުމުގައި ވެރިއެއްގެ ސޮއިކޮށްފައި އޮންނަންވާނެއެވެ.

 

 

 

 

10

ޖުމުލަ

100

 

މިޚިދުމަތް ހޯދުމަށް ޖުމްލަ 6 ފަރާތެއްގެ ބީލަން ކޮލިފައިކުރެވޭނެއެވެ. އެގޮތުން، މިޚިދުމަތް ދިނުމަށް ކޮލިފައިވާނީ މިއިޢުލާނާ ގުޅިގެން ބީލަން ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ހޯދާ 6 ފަރާތެކެވެ. ޚިދުމަތް ދިނުމަށް ހުށައަޅާ ފަރާތް ނޫން އެހެންފަރާތަކުން ބީލަން ޑޮކިއުމަންޓް ހިއްޕަވައިގެން ވަޑައިގަންނަވާނަމަ، ޚިދުމަތް ދިނުމަށް ހުށައަޅާ ފަރާތުން ބީލަން ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާކަމުގެ ލިޔުން ހުށައަޅަންވާނެއެވެ. އަދި ބީލަން ހުށައަޅާ ކޮންމެ ފަރާތަކަށްވެސް ހުށައެޅޭނީ ގިނަވެގެން 1 ބީލަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

1447     H      22

10      ޖަނަވަރީ     2026   

10 ފެބުރުވަރީ 2026