ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2026/14
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:33
ސުންގަޑި: 15 އޭޕްރިލް 2026 14:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2026"ގެ މުއްދަތުގައި ކޮޓަރި ކުއްޔަށްދޭން ބޭނުންވާ ފަރާތްތައް ހޯދުމާ ގުޅޭ

ނ. ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމްކޮށްގެން 2022 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ސިލްސިލާ ގޮތެއްގައި ކުރިޔަށް ގެންދާ "ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2026"، 20 އޭޕްރީލް 2026 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާތީ، މުބާރާތް ކުރިއަށްދާ މުއްދަތުގައި ކޮޓަރި ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދަން ބޭނުންވެއެވެ.

މުބާރާތް ކުރިޔަށް ގެންދާ މުއްދަތުގައި ކޮޓަރި ކުއްޔަށް ދޭން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ގޫގުލް ފޯމް ފުރުއްވައިގެން ރަޖިސްޓްރީކުރުމަށް ދަންނަވަމެވެ.

ފޯމް: https://forms.office.com/r/NALYKeQANS

މިކަމަށް ޝައުގުވެލައްވާ ފަރާތްތަކުން 15 އޭޕްރީލް 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ފޯމް ފުރުއްވާ ރަޖިސްޓްރީ ވެލެއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

22    ޝަޢުބާން     1447

10      ޖަނަވަރީ     2026  

10 ފެބުރުވަރީ 2026