ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)319/319/2026/6
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:15
މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނޫ ( ޤާނޫނު ނަންބަރު 2010/7 ) ގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންނަށް އާންމުކޮށް ހުޅުވައިލައިގެން ބާއްވާ ފެބްރުއަރީ މަހުގެ ބައްދަލުވުން، 2026 ފެބްރުއަރީ 17 ވާ އަންގާރަ ދުވަހުގެ 20:30 ގައި ބ.މާޅޮހު ސްކޫލުގައި އޮންނާނެއެވެ.
ވީމާ، ބައްދަލުވުމުގައި ބައިވެރިވުމުގެ ދަޢުވަތު މާޅޮހުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ.
ބައްދަލުވުމުގެ އެޖެންޑާ
- 2025 ވަނަ އަހަރުގެ ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް ހުށަހެޅުން
- 2025 ވަނަ އަހަރުގެ ކައުންސިލްގެ މާލީ ހިސާބު ހިއްސާކުރުން
10 ފެބުރުވަރީ 2026