ދެންނެވުން
ނަންބަރު: (IUL)298/298/2026/10
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 05 އޭޕްރިލް 2026 00:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިންތިހާބު 2026 ގެ ކެމްޕެއިން ބެނަރ، ޕޯސްޓަރ ފަދަ ތަކެތި ހަރުކުރުމާގުޅޭ

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިންތިހާބު 2026 ގެ ކެމްޕެއިން ކުރުމަށް ބެނަރ އަދި ޕޯސްޓަރު ފަދަ ތަކެތި ދެމުމާއި ހަރުކުރުމުގައި އާންމު އިޖުތިމާއީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ. އަދި އަންނަނިވި ކަންކަމަށް ސަމާލުކަން ދެއްވުން އެދެމެވެ.

  1. ސަރުކާރު އޮފީސްތަކާއި، އިމާރާތްތަކުގެ ފާރުގައި އެއްވެސް އެއްޗެއް ތަތް ނުކުރުން.
  2. ސަރުކާރު އޮފީސްތަކާއި، އިމާރާތްތަކުގެ އިން ފާރާ ޖެހިގެން އެއްވެސް އެއްޗެއް ނުޖެހުން.
  3. މިސްކިތްތަކުގެ ފާރު ބޭނުން ނުކުރުމާއި، މިސްކިތްތަކުގެ އިން ފާރާ ޖެހިގެން އެއްވެސް އެއްޗެއް ނުޖެހުން.
  4. އާންމު މީހުންގެ ގޭގެ ފާރާއި ގޯތިތެރެ ބޭނުންކުރުމުގެ ކުރިން ވެރި ފަރާތުގެ ހުއްދަ ހޯދުން.
  5. މަގު ހުރަސްކޮށް ދެމޭ ބޭނާތައް 12 ފޫޓަށް ވުރު ތިރި ނުވާނެ އުސްމިނެއްގައި ދެމުން.
  6. ހޮޅި ފަދަ ތަކެތި ޖެހުމުގައި މަގުގައި ވަޅުލާފައިވާ ކޭބަލްތަކަށް ގެއްލުން ނުވާނެ ގޮތައް ޖެހުން. އަދި އެއްވެސް ކޭބަލަކަށް ގެއްލުން ވެއްޖެނަމަ، އެކަމުގެ ފުރިހަމަ ޒިންމާ އެކަން ކުރި ފަރާތަކުން ނަގަންޖެހޭނެއެވެ.
  7. ކައުންސިލުގެ ބެލުމުގެ ދަށުގައިވާ އެއްވެސް ހުސް ބިމެއް ބޭނުން ނުކުރުން.
  8. މަގުތަކާއި ބަނދަރު ސަރަހައްދު ބޭނުން ކުރުމުގައި މަގާއި ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ދަތި ނުވާނެ ގޮތެއްގެމަތިން ބޭނުންކުރުން.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

22 ޝަޢުބާން 1447

10 ފެބުރުވަރީ 2026