ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)255/255/2026/07
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 28 ފެބުރުވަރީ 2026 14:00
ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުތީމު ރަށްވެހިންގެ ތެރެއިން ރަށުން ބޭރުގައި ދިރިއުޅޭފަރާތްތަކުގެ ދަފްތަރު އެކުލަވާލުން

ސަރުކާރުގެ ބޯހިޔާވެހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރާ ބިން/ފްލެޓަށް ކުރިމަތިލުމަށްޓަކައި އެފަރާތަކީ މާލޭގައި ދިރިއުޅޭ ފަރާތެއްކަން އަންގައިދޭ ލިޔުން ހޯދުމަށް އާންމުންގެ ތެރެއިން ގިނަ ފަރާތްތަކުން ކައުންސިލަށް ހުށަހަޅަމުންގެންދާތީ ދަންނަވަމެވެ. ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަންބަރު: 221-CCS/2026/5 (22 ޖެނުއަރީ 2026) ގެ ސިޓީއިން، ރަށު ކައުންސިލަކުން މާލޭގައި ދިރިއުޅެފައިވާ މުއްދަތު ބަޔާންކޮށް ދޫކުރާ ލިޔުމަކީ އެ ކައުންސިލެއްގައި ބަލަހައްޓާ މަޢުލޫމާތު މައްޗަށް ބިނާކޮށް ދޫކުރެވޭ ލިޔުމަކަށް ވާންޖެހޭނެކަމަށް އަންގަވާފައިވެއެވެ.

ވިމާ، މިފަދަ ލިޔުމެއް ކައުންސިލުން ހޯދުމަށް އެދި ހުށަހަޅާނަމަ، އެފަރާތަކީ މާލޭގައި ނުވަތަ އެނޫންވެސް ތަނެއްގައި ދިރިއުޅެމުންދާ ފަރާތެއްކަން އަންގައިދޭ ސަރުކާރުގެ ރަސްމީ އިދާރައަކުން ނުވަތަ ކުންފުންޏަކުން ދޫކޮށްފައިވާ މުއްދަތު ބަޔާންކޮށްފައިވާ ރަސްމީ ލިޔުން ސިޓީއާއިއެކު ހުށަހެޅުމަށް ދަންނަވަމެވެ. މިފަދަ ލިޔުންތަކުގެ ގޮތުގައި ބަލައިގަނެވޭނީ ވަޒީފާ އަދާކުރާކަމުގެ ލިޔުން، ސްކޫލް ލީވިންގ ސެޓްފިކެޓް ފަދަ ކައުންސިލަށް ޤަބޫލުކުރެވޭ ފަދަ ރަސްމީ ލިޔުންތަކެވެ. އަދި މުސްތަޤްބަލްގައި މިދަފަ ބޭނުންތަކަށް ރަށު ރައްޔިތުން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި އުތީމު ރަށްވެހިންގެ ތެރެއިން ރަށުން ބޭރުގައި ދިރިއުޅޭފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މިކައުންސިލުން މިދަނީ ކުރަމުންނެވެ. ވިމާ، ރަށުގެ ރަށްވެހިންގެ ތެރެއިން އެކި އެކި ބޭނުމަށް ރަށުން ބޭރުގައި ދިރިއުޅުއްވާ ފަރާތްތަކުން އެފަރާތްތަކުގެ މަޢުލޫމާތު ރަށުން ބޭރުގައި އުޅޭމުއްދަތު އަންގައިދޭ ލިޔުމާއި އެކު އޮންލައިން ފޯމް މެދުވެރިކޮށް މަޢުލޫމާތު ހުށަހެޅުމަށް ދަންނަވަމެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 28 ފެބުރުވަރީ 2026 ވާ އާދިއްތަ ދުވަހުގެ 14:00 އެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ މިކައުންސިލްގެ ނަންބަރު 6500038 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

 

https://forms.gle/GtJzxmFirZTVveer8 

10 ފެބުރުވަރީ 2026