ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)278/278/2026/8
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 17 ފެބުރުވަރީ 2026 11:00
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިޖްތިމާޢީ ސަރަހައްދުތައް ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުން

މި އިދާރާގެ އިޢުލާން ނަންބަރު (IUL)278/278//2026/5 (26 ޖަނަވަރީ 2026)އާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކަކީ މަސައްކަތަށް ކަނޑައެޅިފައިވާ ވަރަށްވުރެ އަގުބޮޑު ބީލަންތަކަކަށް ވާތީ ބީލަންތަށް ބާތިލްކޮށް ، މިރަށު ޢިޖްޠިމާޢީ ސަރަހައްދުތައް ކުނިކަހާ، ވިނަ ނޮޅާ ސާފުކޮށް ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ. މި މަސައްކަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، 2026 ފެބްރުއަރީ 16 ވަނަ ދުވަހުގެ 13:00 ގެ ކުރިން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކޮށް މިއިދާރާއަށް ފޯމް ހުށަހަޅައިގެން ނުވަތަ ތިރީގައިވާ މިއިދާރާގެ އީމެއިލް އެޑްރެހަށް ފޯމު އީމެއިލް ކުރައްވައި ބީލަމުގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ  ކުރެވުނުކަން ކަށަވަރުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. މި ޕްރޮޖެކްޓާގުޅޭ ބީލަންފޮތް މިއިއުލާނާއި އެޓޭޗްކުރެވިފައިވާނެއެވެ.

ތަފްސީލު

ތާރީޚް

ގަޑި

ބީލަމުގައި ރަޖިސްޓަރ ވުމުގެ ސުންގަޑި

16.02.2026

13:00

ބީލަން ހުޅުވުން

17.02.2026

11:00

އީމެއިލް                                                      [email protected]

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ރަސްމީ ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އާއި ދެމެދު 6540682 ގުޅުއްވުމަށް ދަންނަވަމެވެ.

10 ފެބުރުވަރީ 2026