ދިވެހިރާއްޖެ
(IUL)276/276/2026/7ނަމްބަރ
އިޢުލާން
އާނުކޮޅު ޕްރޮޖެކްޓްއާއިގުޅޭ
މި އިދާރާއިން ދޭ މައުލޫމާތާއި ކުރެހުމާއި އެއްގޮތަށް ރަށުގެ ދެކުނު ފަރާތު އާނުގަނޑާއި ވީ ސަރަހައްދުގައި ދަތުރު ދާފަރާތްތަކާއި، އާއްމު ބޭނުންތަކަށާއި، އާއްމު ހިތްފަސޭހަކޮށްލުމަށް ބޭނުންކުރުމަށް "އާނުކޮޅު" ޕްރޮޖެކްޓްގެ ނަމުގައި މޫދު ޖެޓީއެއް ތަރައްޤީކުރުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް،ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ ކުންފުނިތަކުން 17 ފެބުރުވަރީ 2026ގެ 12:00 ކުރިން ބީލަމުގައި ރަޖިސްޓްރީވެ ތިރީގައި މިދަންނަވާ ގަޑިއަށް މި އިދާރާއަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަމުގެ މައުލޫމާތު ކަރުދާސް ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް 19 ފެބުރުވަރީ 2026 ގެ 14:00 ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވައި ދެވޭނެއެވެ. ބީލަން ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.
|
# |
|
ތަން |
ތާރީހް |
ގަޑި |
|
1 |
ބީލަމުގައި ރަޖިސްޓްރީވުމަށް
|
ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ލިންކް: https://forms.gle/tWkyNV5EN97XzbR27 |
10 ފެބުރުވަރީ 2026 ފެށިގެން 17 ފެބުރުވަރީ 2026 |
12:00 |
|
2 |
ބީލަމުގެ މައުލޫމާތު ސެޝަން |
ށ.ބިލެތްފަހި ކައުންސިލް އިދާރާގެ މީޓިން ރޫމް |
22 ފެބުރުވަރީ 2026 |
13:00 |
|
3 |
ބީލަމުގެ މައުލޫމާތު ކަރުދާސް ފޮނުވުން |
ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް މައުލޫމާތޫ ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވާދެވޭނެއެވެ. |
19 ފެބުރުވަރީ 2026 |
14:00 ކުރިން |
|
4 |
ބީލަން ހުށަހެޅުން |
ށ.ބިލެތްފަހި ކައުންސިލް އިދާރާގެ މީޓިން ރޫމް |
25 ފެބުރުވަރީ 2026 |
10:00 |
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރު 6540047 ފޯނާއި ގުޅުއްވުމުން ނުވަތަ މިއިދާރާއަށް ވަޑައިގަތުމުން ސާފުކޮށްދެވޭނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.